އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ.އޮމަދޫ ސިއްޙީ މަރުކަޒުގެ އ.ކޮމިއުނިޓީ ހެލްތް އޮފިސަރ ގެ މަޤާމް

މި ހޮސްޕިޓަލްގެ ނަންބަރު: (IUL)ADAH/INDIV/2017/24 އިޢުލާނުގައިވާ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރގެ މަޤާމް ބާޠިލްކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J-242111

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ޕަބްލިކް ހެލްތް ޔުނިޓް / އޮފީސް އެޑްމިނިސްޓްރޭޝަން

މަޤާމު އޮތް އޮފީސް

އދ.އޮމަދޫ ޞިއްޙީ މަރުކަޒު، އދ.އޮމަދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ.އޮމަދޫ ޞިއްޙީ މަރުކަޒު، އދ.އޮމަދޫ

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1.     ޕަބްލިކް ހެލްތް ޔުނިޓުން ކުރަންޖެހޭ ޕްރައިމަރީ ހެލްތު ކެއާރގެ (ޓެކްނިކަލް އަދި އިދާރީ) މަސައްކަތްތައް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ މަތިން ބަހާލައިގެން މަސައްކަތްތައް ކުރިޔަށް ގެންދިއުން
  2.     ވިހާ މަރުވާގެ ރަޖިސްޓްރީގެ މަސައްކަތާ،އީ،ޕީ،އައި މަސައްކަތްތައް އިދާރީ ގޮތުން ބަލަހައްޓަމުން ގެންދިއުމާއި، ވެކްސިން ސްޓޮކް ހޯދާ ބެލެހެއްޓުން.
  3.     އުފަންވެނިވި ޞިއްޙަތާއި ގުޅޭމަސައްކަތްތަކާއި،ގްރޯތް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ބަރުދަން ލުއިވާ ކުދިންގެ މައިންނާއި މަޝްވަރާކޮށް އެކަށިގެންވާ މަޢުލޫމާތުދީ، ރަގަޅު ކާނާއާއިބެހޭ އިރުޝާދު ލިބިދެވޭނެ އިންތިޒާމް ކުރުން.
  4.     ޓީ.ބީ، ލެޕްރެސީ، ރެޖިސްޓަރީ ބަލަހައްޓާ،ސްޓޮކްކަށް ބޭނުންވާ ބޭހާއި ކޮންސިއުމަބުލްސް ހޯދުން.
  5.     ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤަވާއިދުން ރިޕޯރޓްކުރުން.
  6.     ރަށުގެ ސާފުތާހިރު ކަމާއި ކުނިން ރައްކާތެރި ވެވޭނެ ގޮތްތައް އާންމުންނަށް ވިސްނައިދީ ޕަބްލިކް އަދި ވޮލެންޓްރީ އޮގަނައިޒޭޝަންތަކުގެ އެހީތެރިކަމާއެކު، ހަރުދަނާ ޕްރޮގުރާމްތަކެއް ހިންގުމަށް މަސައްކަތް ކުރުން
  7.     އާންމުންގެ މެދުގައި ޞިއްޙީ ރަގަޅު އާދަކާދަ އަށަގެންނެމުމަށް މަސައްކަތް ކުރުން.
  8.     ކުއްލިއަކަށް ފެށި ބޮޑުކަމަމަކަށްވާ ރޯގާތަކާއި، ގުދުރަތީ ގޮތުން ދިމާވާ ބޮޑެތި ކަންކަމުގައި ސީ.ސީ.އެޗް.ޑީ.ސީގެ މަޝްވަރާގެ މަތިން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  9.     މިނިސްޓްރީގެ ދާއިރާ އާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް އެތަންތަނުން ކަޑައަލާފައިވާ ސްޓެންޑާރޑް ގައިޑްލައިންސް އާއި އެއްގޮތް ވާގޮތުގެ މަތިން ކޮށްދެއްވަމުން ގެންދިއުން
    1. މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެނެވި ވެރިޔާ ނެތް ހާލަތްތަކުގައި އޭނާގެ މަސައްކަތްތައް ހަވާލުވެ އެމަސައްކަތްތައް ކުރަމުން ގެންދިއުން.

މަޤާމުގެ ޝަރުތުތައް

ޕްރައިމަރީ ހެލްތު ކެއަރ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަންގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް އދ.އޮމަދޫ ސިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އދ.އޮމަދޫ ސިއްހީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ޖަނަވަރީ 31 އިން 2018 ފެބުރުއަރީ 4 އާއި ދެމެދު އދ.އަތޮޅު ހޮސްޕިޓަލް، މަހިބަދޫ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680851 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

17 ޖަނަވަރީ 2018

30 ރަބީޢުލްއާޚިރު 1439

17 ޖަނަވަރީ 2018
ހޯދާ