މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސާކް ޕްރައިޒް އޮން އެޗް.އައި.ވީ/އެއިޑްސް 2017 އާއިގުޅޭ

އިޢުލާން

 

     ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) ގެ ފަރާތުން އެޗް.އައި.ވީ/އެއިޑްސް ބައްޔާދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ހިތްވަރުދިނުމުގެގޮތުން ދޭ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ.

     ވީމާ، މި އިނާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2018 ގެ 13:00 ގެ ކުރިން ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) އަށް އެޑްރެސްކޮށް މި މިނިސްޓްރީ އަށް ފޮނުއްވަވާ ދެއްވުން އެދިދެންނެވީމެވެ.

     މި އިނާމާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ވެބްސައިޓް އެޑްރެސް އިން ލިބިވަޑައިގަންނަވާނެއެވެ. www.saarctb.org މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއާޚިރް 1439ހ.

17 ޖަނަވަރީ 2018
ހޯދާ