މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކޮށް ވިއްކާ ކުކުޅު ބިހާއިގުޅޭގޮތުން 13 ނޮވެމްބަރ 2017 ގައި ކުރެވުނު ނަންބަރު IUL)182/FCD/2017/18) އިޢުލާނުގެ އިތުރު ތަފްސީލް

އިޢުލާން

 

15 ޖަނަވަރީ 2018 އިން ފެށިގެން ކުކުޅުބިސް އިންޕޯޓްކޮށް ވިއްކަން ބަހައްޓަންވާނީ ތިރީގައިވާ މިންގަނޑުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ.

 

1-      ޓްރީމަންޓެއް ނުދީ ފިނި ނުކޮށް ކުކުޅުބިސް ބަހައްޓާންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަށެވެ.

 

2-      ފިނިކޮށް (C°5 އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ދިގުވެގެން 03 މަސްދުވަހުގެ މުއްދަތަށެވެ. މިގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުޚަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެއެވެ.

 

3-      ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިންޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާ ކަމެއް ބަޔާންކުރާ އުފެއްދި ޤައުމުގެ (ކަންޓްރީ އޮފް އޮރިޖިން) ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

4-      ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެކެވެ.

 

މީގެއިތުރުން ރާއްޖެއަށް އިންޕޯޓުކުރާ ބިހާ ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުން ކަމުގައި ވެސް ދަންނަވަމެވެ. ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ޤައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ވެސް ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއިބިހުގެ  ބާވަތްތައް  ހުންނަންވާނީ މި އޮތޯރިޓީގެ މިންގަޑު " ބަންދުކުރި  ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ  މިންގަޑު "          (MFDA-FCD STAN 4-2014(Rev. 1- 2016 އާއި އެއްގޮތަށް ލޭބަލް ކުރެވިފައެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚް ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމުގައި ވެސް އާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 28 ރަބީޢުލްޢާޚިރު 1439ހ.

 

 

16 ޖަނަވަރީ 2018
ހޯދާ