ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކުނި އުކާލުން

މިކެމްޕަހުން ކުނި އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި އިއުލާން  MNU-KC/2017/17އަށް ހުށައަޅާފައިވާ އަންދާސީ ހިސާބުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، އެ އަންދާސީ ހިސާބުތައް ބާތިލުކޮށް އަލުން އިއުލާންކުރީމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

ތަފްސީލު

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

17 ޖަނަވަރީ 2018

10:00

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

އަންދާސީ ހިސާބު ހުށައެޅުން

21 ޖަނަވަރީ 2018

10:00

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

16 ޖަނަވަރީ 2018
ހޯދާ