މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުންމަށް އީ.އާރް.ޕީ ސިސްޓަމެއް ޤާއިމް ކުރުމަށް ކުންފުނީގެ ބޭނުންމަށް ޓަކައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެ ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމާއި ގުޅޭ.

މި ކުންފުނީގެ ބޭނުންމަށް އީ.އާރް.ޕީ ސިސްޓަމެއް ޤާއިމް ކުރުމަށްޓަކައި ކޮންސަލްޓެންސީ  ދޭނެ ފަރާތެއް ހޯދަން ބޭނުންވެ  ކުރެވުނު ނަމްބަރު: PRC/1/2018/01 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފު ކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

21 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ 11:00

25 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00

    މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

16 ޖަނަވަރީ 2018
ހޯދާ