މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޔޫތު ޗެލެންޖް 2018

 

 

                                             އިޢުލާން       

              

  ޔޫތު ޗެލެންޖް 2018

 

         އެހެން އަހަރުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށް މަތީ ތަޢުލީމް އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ޔޫތު ޗެލެންޖްގެ މަޤްޞަދަކީ ޒުވާނުންނަށްހުރި ވަޒީފާގެ ފުރުޞަތުތައް، ތަޢުލީމާއި ތަމްރީން އަދި ވިޔަފާރިކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތަޢާރަފްކުރަން ބޭނުންވާ އައު އުފެއްދުންތައް ޕްރޮމޯޓްކުރުމެވެ. މީގެއިތުރުން

ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތައް އަދި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް (ދަސްވާރު) ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އަދި އިޖްތިމާޢީ މަސައްކަތުގައި

ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ، އެކުވެރި މާޙައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނެގޮތް ފަހިކޮށްދިނުމެވެ.

          މިފަހަރުގެ ޔޫތު ޗެލެންޖްގައި ޒުވާން ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތުތައް ފެނިގެންދާނެއެވެ. މި ފަންނުވެރިންގެ ހުނަރުތައް ދައްކާލުމުގެ މަޤްސަދަކީ އެކިއެކި އުފެއްދުންތައް ޢާއްމުންނަށާއި ކުންފުނިތަކަށް ދައްކާލުމުގެ ފުރުޞަތު

ހުޅުވާލަދީ ، ޚާއްސަކޮށް ޒުވާނުންނަށް ފަންނުވެރިކަމުގެ ރޮނގުން އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވައިދިނުމާއި އަދި ޒުވާނުންގެ ތަފާތު ހުނަރުވެރި އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ. ޔޫތު ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ

ފެބްރުއަރީ 8،9،10 މި 3 ދުވަހުއެވެ. ޔޫތު ޗެލެންޖް ގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު މާފަންނު ޒުވާނުންގެ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ލިބިވަޑައިގަންނަވާނީ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ކައުންޓަރުންނާއި ޒުވާނުންގެ މަރުކަޒު ( މާފަންނު ސޯޝަލް ސެންޓަރ ) އަދި ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް ( އެން.ސީ.އޭ ) ގެ ކައުންޓަރުންނެވެ. އަދި މިނިސްޓްރީގެ

ވެބްސައިޓް www.youth.gov.mv އިންނާއި www.nca.gov.mv ލިބެންހުންނާނެއެވެ. ފޯމުތައް ބަލައިގަންނާނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރ އަދި [email protected] މެއިލްއިންނެވެ. ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ

31 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:30 އެވެ.

         ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކަށް ބެލުމަށްފަހު، ޔޫތު ޗެލެންޖްގެ މަޤްޞަދު ޙާޞިލްކުރުމަށް އެހިތެރިވެދޭނެ ފަރާތްތަކަށް އިސްކަންދެވޭ އުސޫލުން ސްޓޯލްތައް ދޫކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޒުވާނުންގެ މަރުކަޒުގެ

ނަންބަރު 3323860،3313912 ،3319335 އަށް ގުޅުއްވުން އެދެމެވެ.

                                                        29 ރަބީއުލްއާޚިރު 1439    

 

 

16 ޖަނަވަރީ 2018
ހޯދާ