މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

     

ވަޒީފާގެ ފުރުސަތު

ދުންފަތުގެ އިސްތިމާލް ކުރުން މަދުކުރުމަށް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިންގާ ހިލޭއެހީގެ ޕްރޮގްރާމެއް ކަމުގައިވާ "ބުލޫމްބާރގް އިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް"ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫޢު"ބްލޫމްބަރގް ޕްރޮޖެކްޓް" ގައި މަސައްކަތް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަގާމު

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަގާމުގެ ގިންތި

ވަގުތީ

ކޮންޓްރެކްޓްގެ މުއްދަތު

06 (ހައެއް) މަސް

މުސާރަ

މަހަކު -/18,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ޑިވިޜަން / ސެކްޝަން

ހެލްތް ޕްރޮމޯޝަން އެންޑްކްރޯނިކް ޑިޒީސް ޑިވިޜަން / ޓްބޭކޯ ކޮންޓްރޯލް އެންޑް ސަބްސްޓެންސް އެބިއުޒް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. ޕްރޮޖެކްޓް މެޏޭޖްމަންޓް ، މެނޭޖްމަންޓް ، ސައިކޮލަޖީ، ސޯޝިއޮލޮޖީ، ޕަބްލިކް ހެލްތު، ނުވަތަ ޞިއްޙީ ދާއިރާއަކުން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެޏޭޖްމަންޓް ، މެނޭޖްމަންޓް ، ސައިކޮލަޖީ، ސޯޝިއޮލޮޖީ، ޕަބްލިކް ހެލްތު، ނުވަތަ ޞިއްޙީ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ޕްރޮޖެކްޓެއް މެނޭޖް ކުރުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އަންނަނީވި ތަޖުރިބާ ލިބިފައިވާ ނަމަ އިސްކާން ދެވޭނެއެވެ:

-   ޞިއްޙީ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-   ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮޖެކްޓެއްގައ 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ  ތަޖްރިބާ ލިބިފައިވުން

-   އޯގަނިޒޭޝަނަލް ސައިކޮލޮޖީ ނުވަތަ ސޯޝަލް ބިހޭވިއަރަލް ޗޭންޖް (އިޖްތިމާއީ ބަދަލުތައް ގެނެވޭނެ ގޮތްތައް) - މި ދާއިރާތަކުން ކުރު ތަމްރީން، ނުވަތަ ތަޖުރިބާ ލިބިފައިވުން

-   ފަރިތަކަމާއެކު ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ލިޔަން ހުނަރުވެރި ފަރާތެއް ކަމުގައިވުން؛ މިގޮތުން ޖީ.ސީ.އީ އޭލެވެލް ނުވަތަ އެސް.އެސް.އީ. އިނގިރޭސި މިމާއްދާއިން ދަށްވެގެން 'ބީ' ފާސްލިބިފައިވުން، ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިހާނުން ދަށްވެގެން 7.0 ސްކޯރ ލިބިފައިވުން

-   މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ޤާބިލްކަން ހުރުމާއެކު، ލީޑަރެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ގިނަވަގުތު މަސައްކަތުގައި ހީވާގިކަމާއެކު އުޅޭވޭނެ ފަރާތެއްކަމުގައިވުން އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން 

-   ސަރުކާރުގެ އިސްބޭފުޅުންނާއި، މާލީ އެހީދޭ ބޭރުގެ އޭޖެންސީތަކާއި، މުޖްތަމާއުގައި ތަފާތު ފަރާތްތަކަށް މުޢާމަލާތުކޮށް ލަނޑުދަނޑި ހާޞިލްކުރުމުގެ ހުނަރު ލިބިފައިވުން؛ މިގޮތުން ތަފާތު ފަރާތްތަކަށް މައުލޫމާތު ހުށަހެޅުމުގެ ހުނަރު ލިބިފައިވުން

-   މައިކްރޯސޮފްޓް އޮފީސް (ވާރޑް، އެކްސެލް، ޕަވާޕޮއިންޓް) ފަރިތަކަމާއެކު މަސައްކަތް ކުރަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ، އަދި މައިކްރޯސޮފްޓް ޕްރޮޖެކްޓް ފަދަ މަސައްކަތާއި ގުޅުންހުރި ސޮފްޓްވެއަރ ބޭނުންކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  ދުންފަތުގެ އިސްތިޢުމާލު ނުކުރާފަރާތެއްކަމުގައި ވުން .އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފައިނުވާ ފަރާތަކަށް، ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައި 3 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެން ސަލާމަތްވެފައިވާ ފަރާތަކަށްވުން

-  ދުންފަތުގެ ސިނާއަތާ އެއްވެސް ގާތް ގުޅުމެއް ނެތް، އަދި އެސިނާޔަތުން އެއްވެސް ފައިސާއެއް ނުވަތަ ސީދާ އެހީއެއް ލިބެމުންދާ ފަރާތަކަށްވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

-ޕްރޮޖެކްޓުގެ ދަށުން އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއެކު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާގޮތް މޮނީޓާރކޮށް، ޕްރޮޖެކްޓް ޑިރެކްޓަރަށް ރިޕޯޓްކުރުން. މިގޮތުން:

-    ޕްރޮޖެކްޓް މެނޭޖްކުރުމާއި ޕްރޮޖެކްޓްއާއި ގުޅޭ އެއްމެހައި މަސައްކަތްތައް ކުރުން

-    ޕްރޮޖެކްޓްގެ ވޯރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދެވުން

-    ޕްރޮޖެކްޓާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ފޮނުވުން

-    ޕްރޮޖެކްޓާއި ގުޅޭ މަސައްކަތްތަށް މޮނީޓާކުރުން

-    ޕްރޮޖެކްޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްމެހައި މުޢާމަލާތްތަށް ކުރުން

-    ޕްރޮޖެކްޓްގައި ހިމެނޭ އެހެން ސްޓާފުން ސުޕަވައިޒް ކުރުން

- ސުޕަވައިޒަރު ހަވާލުކުރާ ސެކްޝަންގެ އެހެނިހެން މަސައްކަތް ކުރުން

(މިމަސައްކަތުގެ ތެރޭގައި، ގިނަ ބަލިތަކުން ސަލާމަތްވެ ތިބުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ގެ ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކުރުމަށް ކުރަން މުހިންމު ކަންތައްތައް ޕްރޮމޯޓް ކުރުމަށާއި މިކަންކަމަށް ވަކާލާތް ކުރުމަށް ހިނގާ ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވާ ހިންގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.)

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 30:13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) ގެ ކައުންޓަރއަށެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014411 ނަންބަރު ފޯނަށެވެ. ނުވަތަ 3014437 ނަންބަރު ފޯނަށެވެ.

 

 

 

16 ޖަނަވަރީ 2018
ހޯދާ