މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފ.ނިލަންދޫގެ ފެނުގެ މަޝްރޫޢުގެ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ފ.ނިލަންދޫގެ ފެނުގެ ނިޒާމްގެ ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބީލަންފޮތާއި އެއާއިގުޅޭ އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީއިން 24 ޑިސެންބަރު 2018 ގައި ކޮށްފައިވާ ނަންބަރ IUL)438-WS/438/2017/251) ޢިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ ބިޑްތައް ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.

މި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރެވިފައިވާ ޑިޒައިންގ ރިވިއުކުރުމާއި، ބީލަންފޮތް ލޭބަރ ކޮންޓްރެކްޓް މޮޑެލްއަށް ބަދަލުކުރުމާއި، އަމަލީ މަސައްކަތްކުރުމަށްބޭނުންވާ މެޓީރިއަލް ކޮއަންޓިފައިކުރުމާއި، ލޭބަރ މަސައްކަތްކުރުމަށާއި މެޓީރިއަލް އަދި އިކުއިޕްމަންޓަށް އަންދާޒާ ޚަރަދު ތަފްސީލްކޮށް ތައްޔާރުކުރުމާއި، ލޭބަރ ކޮންޓްރެކްޓްގެ ބީލަމަށް ހުޅުވުމުގައި އެހީތެރިވުމާއި، ލިބޭ ބީލަންތައް އަގުވަޒަންކުރުމާއި، ކޮންޓްރެކްޓް ތައްޔާރުކޮށްދިނުމާއި، މެޓީރިއަލްގެ ހުއްދަޔަށް އެދި ހުށަހަޅާ ފޯރމް އަދި އަމަލީ މަސައްކަތްކުރާ ފަރާތުގެ މަސައްކަތް މޮނިޓަރ ކުރުމަށްހަދާ ފޯރމްތައް ތައްޔާރުކުރުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މިސައްކަތުގެ "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެ ގޮތަށް "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 25 ޖަނަވަރީ 2018 ވަނަދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

އީމެއިލް: [email protected]

"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

 

16 ޖަނަވަރީ 2018
ހޯދާ