މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރެއްގެ ވަޒީފާއަށް މީހަކު ހޯދުން

                            

                               

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

ނަމްބަރު : (IUL)325-A/325/2018/3 

ވަޒީފާގެ ފުރުޞަތު

މަޤާމު :               ޑްރައިވަރ        

މަޤާމުގެ ނަމްބަރު:         J-220695

ސަރވިސް:             ސަޕޯޓް ސަރވިސް

ރޭންކް :               އެސް. އެސް 2  

ބޭނުންވާ ޢަދަދު :          1 (އެކެއް)

ކްލެސިފިކޭޝަން :         ސަޕޯޓް ސްޓާފް  ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭތަން :   މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

މަޤާމުގެ ގިންތި:          ދާއިމީ

މަޤާމުގެ މުސާރަ:          މަހަކު     3470.00  ރުފިޔާ

ސަރވިސް އެލަވަންސް :     މަހަކު     1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

ތަޢުލީމާއި ތަޖްރިބާ

1-މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ޤަބޫލުކުރައްވާ  B1 ކެޓަގަރީގެ ލައިސަންސް ޙާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން.

3- ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-އޮފީހުން އަންގާ ގޮތެއްގެމަތީން ވޭންދަތުރުތައް ކުރުން.

2-ވޭން ސާފުތާހިރުކޮށް ބެލެހެއްޓުން.

3-ވޭނުގެ ތެޔޮބަދަލުކުރުމާއި ވޭނުގެ ޢާންމު ސާރވިސްތައް ކުރުން.

4-ކައުންސިލުން ރަށުގެ ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތައް ދިނުމުގައި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދިނުން.

5-ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށްކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދިނުން.

ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް

1-ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން.

2-މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ.

3-ޤާބިލުކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭއިންޓަރވިއު.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް

މިމަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއު އޮންނާނީ މި އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ދުވަހާއި ވަގުތު އިންޓަރވިއު އޮންނަ ދުވަހުގެ 3 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް 25 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ ކުރިން.

ހުށަހަޅަންޖެހޭ ލިޔުންތައް

1 ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް  ( ވަޒީފާއަށް އެދޭ ފޯރމް މިކައުންސިލް އިދާރާއިންލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިންޑައުންލޯޑް ކުރެއްވޭނެއެވެ. )                            2 ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ސާފް ފޮޓޯކޮޕީ 

3 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

4 ކަރިކިޔުލަމް ވިޓާ (ސިވިލްސަރވިސް ކޮމިޝަނުން ތައްޔާރުކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ނުވަތަ އެ މަޢްލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ )

އިތުރު މަޢުލޫމާތު

- އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރ 6600005 ފޯނާ ގުޅުއްވުން އެދެމެވެ.

- އިންޓަރވިއުކުރެވޭނީ ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

                       މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                         28 ރަބީއުލް އާޚިރް 1439

                         15 ޖަނަވަރީ 2018

 

 

 

 

 

 

                                                                     އިބްރާހީމް ނިޔާޒް          

                                                                       ޑިރެކްޓަރ       

                                                                    ( ޒިންމާދާރު ވެރިޔާ )

 

15 ޖަނަވަރީ 2018
ހޯދާ