މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޖީ.އެސް.ޕީ ސްކީމްގެ ދަށުން އިނާޔަތްދިނުމުގައި އަމަލުކުރަމުންދާ އުސޫލައް ބަދަލުގެނައުމާްއި ބެހޭ

ް

 

ވިލާތުގެ އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) އާއި ނޯވޭ އަދި ސްވިޒްލެންޑްގެ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް (ޖީ.އެސް.ޕީ) ސްކީމްގެ ދަށުން ޑިއުޓީ އިނާޔަތް ދިނުމުގައި ޢަމަލުކުރަމުން އަންނަ އުޞޫލަށް ބަދަލު ގެނެސް، މިހާރު ކަސްޓަމްސުން އެންޑޯޒް ކުރަމުންދާ "ސެޓިފިކެޓް އޮފް އޮރިޖިން A ފޯމް" (ޖީ.އެސް.ޕީ ސެޓިފިކެޓް) ގެ ބަދަލުގައި އެކްސްޕޯޓަރުން އަމިއްލައަށް މުދަލުގެ އޮރިޖިން ބަޔާންކޮށް "ސްޓޭޓްމެންޓް އޮފް އޮރިޖިން" ފުރިހަމަ ކުރަމުން ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިގޮތަށް ސްޓޭޓްމެންޓް އޮފް އޮރިޖިން ފުރިހަމަކުރުމަށްޓަކައި، ރެޖިސްޓަރޑް އެކްސްޕޯޓަރ (REX) ސިސްޓަމްގައި، އެ ޤައުމެއްގެ ކަމާބެހޭ އިދާރާ މެދުވެރިކޮށް އެކްސްޕޯޓަރުން ރަޖިސްޓްރީ ވާންޖެހެއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓަރުން ރެޖިސްޓަރޑް އެކްސްޕޯޓަރ ސިސްޓަމްގައި ރަޖިސްޓްރީކޮށް ބަލަހައްޓަމުން ގެންދާނީ ކަސްޓަމްސުންނެވެ. އެހެންކަމުން، އަލަށް ތަޢާރަފްކުރެވޭ ސެލްފް ސެޓިފިކޭޝަން ސިސްޓަމް މެދުވެރިކޮށް ސްޓޭޓްމެންޓް އޮފް އޮރިޖިން ފުރިހަމަކުރުމަށްޓަކައި ރެޖިސްޓަރޑް އެކްސްޕޯޓަރ ސިސްޓަމް މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ޚިދުމަތް 01 ޖަނަވަރީ 2018 އިން ފެށިގެން މި އޮފީހުން ލިބެމުންދާނެއެވެ. އަދި ރެޖިސްޓަރޑް އެކްސްޕޯޓަރ ސިސްޓަމްގައި އެކްސްޕޯޓަރުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) ވެބްސައިޓް(https://customs.ec.europa.eu/rex-pa-ui)  އިން ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގެ ކޮޕީ ކަސްޓަމްސަށް ހުށަހަޅުއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ދިވެހިރާއްޖެއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ.

                          29  ރަބީއުލްއާޚިރު  1439 

                         16    ޖަނަވަރީ    2018

16 ޖަނަވަރީ 2018
ހޯދާ