މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

އިޢުލާން

ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު، މެންބަރ ކޮންމެ ގައުމަކުންވެސް އެގައުމަކުން ބޭރުކުރާ ވިހަގޭހުގެ މިންވަރާއި މިމިންވަރު މަދު ކުރުމަށް ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލް ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ގެ ސިފައިގައި ހުށައަޅަންޖެހެއެވެ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ އެހީގައި ބީ.ޔޫ.އާރ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިމިނިސްޓްރީއިން މިދަނީ ކުރަމުންނެވެ.

މި ރިޕޯޓް ތައްޔާރުކުރުމުގެ ގޮތުން ހަދަންޖެހޭ "މެޝަރިންގް ރިޕޯޓިންގް އެންޑް ވެރިފައިންގް (އެމް.އާރު.ވީ) ނިޒާމެއް އެކުލަވާލުމަށާއި ކްލައިމެޓް ފައިނޭންސް ޓްރެކެކުމުގެ މިންގަނޑުތަކެއް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓީ.އޯ.އާރު ގައި ބަޔާން ކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ ކޮންސަލްޓަންސީ ޓެމެކެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަށްޖެހޭ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
  • ކޮންސަލްޓަންޓްގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
  • މަސައްކަތުގެ އަގު

 

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި

  • މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 31 ޖަނަވަރީ 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައެއްގައި ތިރީގައި މިވާ ގޮތަށް ސިޓީ އުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

 

"ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރ.ވީ ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ"

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

 

ޕްރޮކިޔުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: +9603018306 ، 3018329+960

15 ޖަނަވަރީ 2018
ހޯދާ