ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވޯކް ސްޓޭޝަންތަކެއް ގަނެ، ހަރުކޮށްދިނުމާއި ގުޅޭ

 

އިޢުލާން

 

            ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އޮފީސް ވޯކްސްޓޭޝަންތަކެއް ގަނެ، އެހަރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓްގެ ނަންބަރ 18 ޑިސެމްބަރ 2017، S2C-A/2017/07 ޢިއުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އަލުން ޢިއުލާން ކުރަމެވެ.

          ވީމާ މިކޯޓަށް އޮފީސް ވޯކްސްޓޭޝަންތަކެއް ވިއްކައި އެހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

 

27 ރަބީޢުލްއާޚިރު 1439

14   ޖެނުއަރީ  2018

14 ޖަނަވަރީ 2018
ހޯދާ