މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

  

 

01. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް ނަމްބަރު:

251080

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

ޓްރާންސްޕޯޓް ސެކްޝަން /ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ދުވަހުން ދުވަހަށް އަންނަ ދަތުރު ރިޕޯޓްތައް ޗެކްކުރުން
  2. ދުވަހުން ދުވަހަށް ކޮންމެ އަތޮޅެއްގެ ދަތުރު ރިޕޯޓްތައް ހޯދުން
  3. ކޮންމެ ދުވަހަކު ފާއިތުވި ދުވަހުގެ ދަތުރު ރިޕޯޓްތައް ސްޓޭޓް މިނިސްޓަރ އަށް މެއިލް ކުރުން
  4. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ސިޓީތައް ބަލައިގަތުމާއި ކަމާބެހޭ ބޭފުޅެއްގެ މަޝްވަރާގެ މަތިން އެސިޓީތަކަށް ޖަވާބު ތައްޔާރު ކުރުމާއި ސިޓީ ފޮނުވުން ނުވަތަ މެއިލް ކުރުން
  5. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ޝަކުވާތައް ބަލައިގަތުމައި އެޝަކުވާތައް އިސްކޮށް ހުންނަ ފަރާތަކަށް ރިޕޯޓްކުރުން
  6. ދަތުރުފަތުރާ ގުޅޭގޮތުން އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުން
  7. ދަތުރު ފަތުރާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތައް އެރޭންޖްކޮށް މީޓީންތަކުގައި ބައިވެރިވުމާއި މީޓީންގެ ޔައުމިއްޔާ ނެގުން
  8. ދަތުރުފަތުރުގެ އެގްރިމެންޓްތައް/ އެމް.އޯ.ޔޫ ތައް ތައްޔާރުކުރުން
  9. އިއުލާން ކުރުމާއި ބިޑިންގގެ މަސައްކަތްކުރުން
  10. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

 

  1. މަޤާމުގެ ޝަރުތުތައް:

 

 

 

  1. ނެވަލް އާރކިޓެކްޗަރ/ ޓްރާންސްޕޯޓް ޕްލޭނިންގް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ފައިނޭންސް/ ޕްލޭނިންގް/ އިކޮނޮމިކްސް/ ލޮޖިސްޓިކްސް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ނޮޓިކަލް ސައިންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ނެވަލް އާރކިޓެކްޗަރ/ ޓްރާންސްޕޯޓް ޕްލޭނިންގް/ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ ފައިނޭންސް/ ޕްލޭނިންގް/ އިކޮނޮމިކްސް/ ލޮޖިސްޓިކްސް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ނޮޓިކަލް ސައިންސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

02. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް ނަމްބަރު:

249012

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން/ ހިއުމަން ރިސޯސް ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ވަޒީފާ ދޭ މުވައްޒަފުންގެ ކަންތައްތަކާއި ވަޒީފާގެ ކަންތައްތައް ސިވިލް ސަރވިސް ކޮމިޝަންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި ބެލެހެއްޓުން
  2. މަޤާމް އުފެއްދުމާއި، އުވާލުން، މުވައްޒަފުން ލެއްވުމާއި ވަކިކުރުން އަދި ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ވިއުގައިގެ ތެރެއިން ކުރުން
  3. އަލަށް މިނިސްޓްރީއަށް ވައްދާ މުވައްޒަފުންނާއި ވަކިވާ މުވައްޒަފުންގެ ޗިޓް ހެދުމާއި، ވަޒީފާ ބަޔާން، ވަޒީފާގެ އެއްބަސްވުން ހެދުން
  4. މިނިސްޓްރީއަށް ވައްދާ ހުރިހާ ކޮންޓްރެކްޓް މުވައްޒަފުން ލެއްވުމާއި، ވަކިކުރުން އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން
  5. އަލަށް ވަޒީފާއަށް ވަންނަ މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ (Induction) ޕްރޮގްރާމް ކުރިއަށް ގެންދިއުން
  6. މުވައްޒަފުންގެ ޕަރސަނަލް ފައިލްސްތައް ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް ބެލެހެއްޓުން.
  7. މުވައްޒަފުންގެ ޓްރޭނިންގ ރިކްއަމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕްއާއި ކުރު ކޯސްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރެއިންގއާއި ބެހޭ ދަފްތަރު ބެލެހެއްޓުން
  8. ޓްރެއިނިންގ ފޯކަލް ޕޮއިންޓެއްގެ ގޮތުން ސިވިލް ސަރވިސް އިން ޓްރެއިންގއާއިބެހޭގޮތުން އަންނަ ސަރކިއުލަރ، ސަރކިއުލަރނޯޓް، ސިޓީ އަދި ނޯޓް ތަކަށް ޖަވާބު ފޮނުވުން
  9. އެޗް.އާރް އަށް އަންނަ ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުމާއި ފައިލްކުރުން އަދި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތް
  10. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ޙިއްސާކުރުމާއި މިނިސްޓްރީގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

 

މަޤާމުގެ ޝަރުތުތައް:

 

 

 

1.     އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ތަޖުރިބާއްށް ބަލައިގެން

-          ޤާބިލްކަން ކަށްވްރު ކުރުމަށް އިންޓަރވިއުކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން  އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ،  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ، ސެޓްފިކެޓްތަކުގެ ކޮޕި.

    8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި  ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-      ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-      މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

11 ޖަނަވަރީ 2018
ހޯދާ