މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓު އިޞްލާޙުކުރުން

އިއުލާން

މިމިނިސްޓްރީގެ ނަންބަރު IUL)88-PS/88/2017/35) (02 ނޮވެންބަރ 2017) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނާއި އެކީގައިވާ ލިސްޓުގެ 3 ވަނަ ނަންބަރުގައިވާ ކ. މާލެ ބިން (ހުޅަނގު ދެކުނު) ކަމަށް ބަޔާންކޮށްފައިވަނީ ލިޔުމުގައިވާ ކުށަކުން ކަމަށްވާތީވެ، އެބިން އަދި އެ ލިސްޓްގައިވާ އެ ބިމުގެ ތަފްސީލް އަންނަނިވި ގޮތަށް އިސްލާޙުކޮށް މިމިނިސްޓްރީގެ ނަންބަރ IUL)88-LS/88/2017/36) (27 އޮކްޓޫބަރ 2016) އިޢުލާނުގައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓަށް އިތުރުކުރީމެވެ.

"ކ. މާލެ ބިން (ހުޅަނގު އުތުރު)"

ވީމާ، މިވާހަކަ އާންމުކޮށް އިޢުލާންކުރީމެވެ.

 

24 ރަބީޢުލްއާޚިރު 1439

11 ޖަނަވަރީ 2018
ހޯދާ