މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ކުޑަހުވަދޫ / ދ.ކުޑަހުވަދޫ އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން  

މިމިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރ ކުޑަހުވަދޫ / ދ.ކުޑަހުވަދޫ އޮފީސް އިމާރާތް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމާ ބެހޭ ތަފްޞީލް ތިރީގައިވަނީއެވެ.

  1. އޮފީސް އެޑްރެސް: ހުދުފިނިފެންމާގެ / ދ.ކުޑަހުވަދޫ، އިއްޒުއްދީނުމަގު
  2. މަސައްކަތްކުރަންޖެހޭ ގަޑި: މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތަށް ހަމަޖެއްސިދާނެ
  3. މަސައްކަތްކުރަންޖެހޭ ދުވަސްތައް:
  • ސާފްކުރުން: ކޮންމެ ހަފުތާއެއްގެ ރަސްމީ ދުވަސްތައް (5 ދުވަސް)
  1. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2018ގެ ނިޔަލަށް.
  2. ކުރަންޖެހޭ މަސައްކަތް:

-          ހަފުތާއަކު 5 ދުވަހު އޮފީސް ފޮޅާސާފުކުރުން

-          ހަފުތާއަކު 5 ދުވަހު އޮފީސް ފާޚާނާ ސާފްކުރުން

-          ހަފްތާއަކު 5 ދުވަހު އޮފީސްތެރެ މޮޕްލުން

-          ހަފުތާއަކު 5 ދުވަހު ކުނިވަށިގަނޑުތައް ހުސްކޮށް ކުނިއުކާލުން

-          ހަފްތާއަކު އެއްފަހަރު ފަރުނީޗަރުތައް އަދި ޕްރިންޓަރުތައްފުހެ ސާފުކުރުން

-          ހަފްތާއަކު 5 ދުވަހު ބިއްލޫރިތައް ފުހެ ސާފުކުރުން

-          މަހަކު އެއްފަހަރު ފަންކާފުހެ، ފާރުތައްފޮޅައި ސާފުކުރުން

-          މަހަކު އެއްފަހަރު އެއަރކޯނުތައް ސާފުކުރުން

-          ބިޒްނަސް ސެންޓަރަށް ބޭނުންވާ ހާލަތްތަކުގައި މާލެއިން ފޮނުވާ ތަކެތި ބޯޓުން ބާލައިގެން ބިޒްނަސް ސެންޓަރަށް ގެނެސްދިނުން.

-          ހަފްތާއަކު 7 ދުވަހު ހެނދު 6:00 ގައި ދިދަ ނަގައި ހަވީރު 6:00 ގައި ދިދަ ތިރިކުރުން

 

  1. މަސައްކަތަށް އަގު ދިނުން: މަސް ނިމުމުން އަގު ދެވޭނީ މަސައްކަތްކުރި ދުވަސްތަކަށް އެކަނިއެވެ. އަދި ނާންނަދުވަސްތަކަށް އަގު ނުދެވޭނެއެވެ. ނަމަވެސް މަސައްކަތަށް ނާދެވޭދުވަހު އެހެން ފަރާތަކަށް ހަމަޖައްސައި އެގްރީމެންޓްގައިވާ ގޮތަށް މަސައްކަތްކޮށްފައިވާނަމަ  އެދުވަހުގެ ލާރި ބިޑް ކާމިޔާބުކުރާ ފަރާތަށް ހަވާލުކުރެވޭނެއެވެ.

 

  1. ކުނިކަހާ ފޮޅާސާކުރަންޖެހޭ ޢިމާރާތުގެ ތަފްޞީލް

ޢިމާރާތް

އެކުލެވޭ ތަންތަނުގެ ޢަދަދު

ފަންގިފިލާ

ކޮޓަރި

ޖަލްސާ މާލަމް

ފާޚާނާ

ރިސެޕްޝަން

ބިޒްނަސް ސެންޓަރ ކުޑަހުވަދޫ

2

5

1

1

1

 

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށް ޖެހޭއަގެވެ.
  3. އަގު ހުށަހަޅާނީ ޓެކްސް ހިމަނައިގެންނެވެ.
  4. އަންދާސީ ހިސާބު ހުށަހަޅާނީ 'ބިޑް ސަބްމިޝަން ފޯރމް"ގައެވެ. މި ފޯރމް ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެއެވެ. މިފޯރމް ބިޒްނަސް ސެންޓަރ ކުޑަހުވަދޫއިން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިންވެސް ލިބެންހުންނާނެއެވެ.

 

މާރކްސް ދެވޭގޮތުގެ ތަފްސީލް:

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ.
  3. ބިޑަށް މާރކްސް ދެވެނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސްދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖުރިބާ

10

  • މިފަދަ މަސައްކަތް ކޮށްނިންމާފައިވާ ކަމުގެ ލިޔުމަށް ބަލާ އެންމެ ގިނަ ލިޔުން (ރިފެރެންސް) ލިބިފައިވާ ފަރާތަކީ ބެންޗްމާކްއެއްކަމުގައި ބަލއިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

 

  1. ބިޑް އިވެލުއޭޝަންއަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 21 ޖަނަވަރީ 2018 ގެ 10.30އަށް، ބިޒްނަސް ސެންޓަރ ކުޑަހުވަދޫ / ދ.ކުޑަހުވަދޫ އަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ބިޒްނަސް ސެންޓަރ ކުޑަހުވަދޫ / ދ.ކުޑަހުވަދޫ

ދިވެހިރާއްޖެ

އަންދާސީ ހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތެއްގެ ހާޒިރީއެއްގައި، 21 ޖަނަވަރީ 2018 ވަނަ ދުވަހު 10:30 ގައެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6760533 އަށް ގުޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2018
ހޯދާ