މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓު ހުށައެޅުމާއި ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގެ (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ޤާވާއިދު) 8 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ އެކުންފުންޔަށް ދީފައިވާ ހުއްދަ ބާތިލުކުރެވޭނެކަމަށްވެސް އެމާއްދާގައި ބުނެފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 31 ޖެނުއަރީ 2018 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އެހެންކަމުން 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް 31 ޖަނަވަރީ 2018 ގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާތިލް ވާނެވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

22 ރަބީޢުލްއާޚިރް 1439

09 ޖަނަވަރީ 2018
ހޯދާ