މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

 

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

  

 

01. މަގާމް

ސީނިއަރ އިކޮނޮމިކް އެފެއާޒް އޮފިސަރ

 

މަޤާމް ނަމްބަރު:

262424

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖއެމް އެސް 2

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ސެކްޝަން:

ޕޮލިސީ ޕްލޭނިންގ/ އިންޓަރނޭޝަނަލް ޓްރޭޑް ޕޮލިސީ

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/6295 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ބައިނަލްއަޤްވާމީ ވިޔަފާރީގެ އޮނިގަނޑަށް ފެތޭގޮތަށް ދިވެހިރާއްޖޭގެ ޓްރޭޑް ޕޮލިސީ ބައްޓަން ކުރުމަށް ފަންނީ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
  2. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ބައިލެޓްރަލް އެއްބަސްވުންތައް ތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  3. ދިވެހިރާއްޖެއިން ބައިވެރިވެ ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ގަވާއިދުން ނޯޓިފިކޭޝަން ފޮނުވަންޖެހޭ އެއްބަސްވުންތަކާ ގުޅޭ ހުރިހާ ނޯޓިފިކޭޝަންއެއް، އެ ނޯޓިފިކޭޝަނެއް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމުގެ މަސައްކަތް ކުރުން.
  4. ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ބައިލެޓްރަލް އެއްބަސްވުންތަކާއި ބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ރާއްޖެ ތަމްޞީލް ކުރުން.
  5. ބައިނަލްއަޤްވާމީ، ސަރަޙައްދީ އަދި ބައިލެޓްރަލް އެއްބަސްވުންތަކާ ގުޅިގެން، މިނިސްޓްރީއިން ބަލަހައްޓަންޖެހޭ ނުވަތަ އެކަމަކަށް ޢަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލު ކުރުމާއި، އެފަދަ އެއްބަސްވުމާ ގުޅޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން.

 

  1. ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ ސިޔާސަތު ރިވިއުކުރުމުގެ މަސައްކަތުގައި އިސްރޯލެއް އަދާކުރުން.
  2. ޔުނިޓަށް ޙަވާލުކުރެވިފައިވާ މަސައްކަތާ ގުޅުންހުރި އިދާރީ ކަންކަން ކުރުވުމާއި، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، ސުޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުމާއި، މަސައްކަތްތައް ބެލެހެއްޓުން.
  3. ޔުނިޓުގެ މަސައްކަތްތައް ވިލަރެސްކޮށް ރާވާ ހިންގުމާއި، ޔުނިޓާއި ހަވާލުކުރެވޭ މަސައްކަތްތައް ޔުނިޓުގެ ސްޓާފުންގެ އެހީއާއެކު ކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

 

 

  1. އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ގެ ދާއިރަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، 1. އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ގެ ދާއިރަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  1. އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ގެ ދާއިރަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. އިންޓަރނޭޝަނަލް ބިޒްނަސް/ އިކޮނޮމިކްސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ބިޒްނަސް ލޯ ގެ ދާއިރަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އައިޓީ އަދި ފައިނޭނަސް ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

02. މަގާމް

ކޮމްޕިއުޓަރ ޓެކްނީޝަން

 

މަޤާމް ނަމްބަރު:

251081

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް/ އިންފޯރމޭޝަން އެންޑް ޓެކްނޮލޮޖީ ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/5610 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. މިނިސްޓްރީގެ އައިޓީ އަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުން
  2. މިނިސްޓްރީގެ އައިޓީ އަށް ގަންނަން ބޭނުންވާ ތަކެތި އިއުލާން ކުރުން
  3. މިނިސްޓްރީގެ އީމެއިލް ތަކުގެ ބެކަޕް ނެގުމާއި އަދި ކެނޑިގެންދާ ސްޓާފުންގެ މެއިލް އާރކައިވް ކޮށް އަލަށް ވަންނަ ސްޓާފުންގެ މެއިލް ކްރިއޭޓް ކުރުން
  4. ސީސީޓީވީ ކެމެރާ ރިކޯރޑްވޭތޯ ބެލެހެއްޓުމާއި އަދި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެޓެންޑްކުރުން
  5. މިނިސްޓްރީގެ ސެންޓްރަލް ސާރވާގެ ޑޭޓާ ސްޓޯރޭޖް އާރކައިވް ކޮށް ބެލެހެއްޓުން
  6. މިނިސްޓްރީގައި މިހާރު ބޭނުންކުރަމުންދާ ވެބްސައިޓްއަށް ކޮންޓެންޓްތައް، ހުރިހާ ސެކްޝަނަކާއި ބައްދަލުކޮށްގެން ހޯދުން
  7. ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތަށް ހައްލުކުރުން
  8. މިނިސްޓްރީގައި ދުވަހުން ދުވަހަށް ދިމާވާ އައިޓީ މައްސަލަތަކަށް އެޓެންޑް ކުރުން
  9. މިނިސްޓްރީގެ ފަޔަރވޯލް މެނޭޖްކުރުން (މެނޭޖްކުރުން: ސައިޓްބްލޮކް ކުރުން، އިންޓަރނެޓްގެ ބޭންޑްވިތް ސްޕްލިޓް ކުރުން)
  10. އައިޓީ ޔުނިޓް ހެޑްގެ އިރުޝާދާއި އެއްގޮތަށް ދުވަހުން ދުވަހަށް ހަވާލު ކުރެވޭ މަސައްކަތްތައަ ކުރިއަށް ގެންދިޔުން
  11. އައްޑޫ އޮފީހުގައި ދިމާވާ އައިޓީ މައްސަލަތަކަށް އެޓެންޑްވުން
  12. އެސް.އީ.ޒެޑް (ވެލާނާގެ 4 ވަނަ ފަންގިފިލާ) އޮފީހުގައި ދިމާވާ އައިޓީ މައްސަލަތަކަށް އެޓެންޑްވުން

 

މަޤާމުގެ ޝަރުތުތައް:

 

 

 

  1. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވަރކް އެންލިސްޓް އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވަރކް އެންލިސްޓް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. 1. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވަރކް އެންލިސްޓް އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

ނުވަތަ

  1. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވަރކް އެންލިސްޓް އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

03. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (1)

 

މަޤާމް ނަމްބަރު:

226419

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް/ އިންފޯރމޭޝަން އެންޑް ޓެކްނޮލޮޖީ ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. މިނިސްޓްރީގެ އެޓެންޑެންސް ސިސްޓަމް ބެލެހެއްޓުން.
  2. ޔުނިޓް ހެޑްގެ ލަފައާއި އިރުޝާދުގެ މަތިން މިނިސްޓްރީގެ މުވާސަލާތީ އިންފްރަސްޓްރަކްޗަރ ބެލެހެއްޓުމާއެކު ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތަށް ކުރިއަށް ގެންދިޔުން.
  3. މިނިސްޓްރީގައި ބޭނުންކުރާ ހުރިހާ ޑޯރލޮކިންގ ސިސްޓަމްތަށް ބެލެހެއްޓުމާއި އަދި މިނިސްޓްރީން ވަކިވެގެންދާ ސްޓާފުންގެ ރިކޯރޑްސްތަށް ޑިލީޓްކޮށް ބެލެހެއްޓުން
  4. މިނިސްޓްރީގައި ބޭނުންކުރަމުންދާ ފޯން ސިސްޓަމްތަށް (ޕީ.އޭ.ބީ.އެކްސް ސިސްޓަމް) ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
  5. މިނިސްޓްރީއަށް އަލަށް ގުޅޭ ސްޓާފުންނަށް ޔޫސަރ ޕްރޮފައިލް ކޮރިއޭޓް ކޮށްދިނުމާއި ވަކިވެގެންދާ ސްޓާފުންގެ ޔޫސަރ ޕްރޮފައިލް ކޮރިއޭޓް ކުރުން
  6. ސީސީޓީވީ ކެމެރާ ރިކޯރޑްވޭތޯ ބެލެހެއްޓުން
  7. މިނިސްޓްރީގައި މިހާރު ބޭނުންކުރެވެމުންދާ ވެބްސައިޓްއަށް ކޮންޓެންޓް އަޕްލޯޑް ކުރުން
  8. މިނިސްޓްރީގައި ބާއްވާ އިވެންޓްތަކުގެ ފޮޓޯނެގުން
  9. ބޮލި ސިސްޓަމްތަކަށް ދިމާވާ މައްސަލަތަކަށް އެޓެންޑް ކުރުން
  10. މިނިސްޓްރީގެ ފަޔަރވޯލް މެނޭޖްކުރުން
  11. އައްޑޫ އޮފީހުގައި ދިމާވާ މައްސަލަތަކަށް އެޓެންޑްވުން
  12. އެސް.އީ.ޒެޑް ( ވެލާނާގެ 4 ވަނަ ފަންގިފިލާ) އޮފީހުގައި ދިމާވާ އައިޓީ މައްސަލަތަކަށް އެޓެންޑްވުން
  13. އެސް.އީ.ޒެޑް ( ވެލާނާގެ 4 ވަނަ ފަންގިފިލާ) އޮފީހުގެ ޖެމްސް އެޑްމިނިސްޓްރޭޓޯ ބެލެހެއްޓުން.
  14. އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

 

މަޤާމުގެ ޝަރުތުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީ އާ ގުޅޭ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

03. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (2)

 

މަޤާމް ނަމްބަރު:

249008

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް/ އިންފޯރމޭޝަން އެންޑް ޓެކްނޮލޮޖީ ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

 

މުސާރަ:

-/4465 ރުފިޔާ

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ބޮލި ސިސްޓަމްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން
  2. ބޮލި ސިސްޓަމާއި ގުޅިގެން ކައުންސިލްތަކާއި މިނިސްޓްރީގެ ސްޓަފުންނަށް އެކްސެސް ދިނުމާއި އެކްސެސް ކަނޑާލުން
  3. ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން އިން ބޭނުންވާ ރިޕޯރޓްތައް ޖެނެރޭޓްކޮށް NCIT  އާއި އެއްކޮށް ރަނގަޅުކުރަންޖެހޭ ކަންތަކުގައި އެފަރާތަށް އަންގަންޖެހޭ ކަންކަން އީމެއިލުން އަންގައި އަދި މި މަސައްކަތުގެ ރިކޯޑް ބެލެހެއްޓުން
  4. ބޮލި އޮންލައިން ސިސްޓަމް ބޭނުންކުރާ ފަރާތްތަކުން އަންގާ މައްސަލަތަކުގެ އިތުރު މައުލޫމާތު ސާފުކުރުމާއި ރިކޯޑް ބެލެހެއްޓުން އަދި މައްސަލަ ހައްލުވުމުން އެކަން ހުށްއެޅި ފަރާތަށް އެންގުން
  5. ބޮލި އޮންލައިން ސިސްޓަމްގެ އީފާސް އެކައުންޓް އަޕްގްރޭޑް ކުރަން އަންނަ ފަރާތްތައް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޔަގީންކުރުމައްފަހު އެކައުންޓް އަޕްގްރޭޑް ކޮށްދިނުން
  6. ބޮލި އޮންލައިން ސިސްޓަމް ގައި ހިމެނޭ ޔޫސަރ ޑެލިގޭޝަން މޮޑިއުލްގެ އެޑްމިން އެކްސެސް ދިނުމަށް ހުށައަޅާފޯރމްތައް ޕްރޮސެސްކޮށް ރިކޯޑް ބެލެހެއްޓުން
  7. ޖެމްސްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން
  8. އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

 

 

މަޤާމުގެ ޝަރުތުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީ އާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮރމޭޝަން ޓެކްނޮލޮޖީ އާ ގުޅޭ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ތަޖުރިބާއްށް ބަލައިގެން

-          ޤާބިލްކަން ކަށްވްރު ކުރުމަށް އިންޓަރވިއުކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން  އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ،  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ، ސެޓްފިކެޓްތަކުގެ ކޮޕި.

    8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި  ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                      

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (17 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-      ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-      މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

08 ޖަނަވަރީ 2018
ހޯދާ