ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލަން

އިޢުލާން

                 

މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލަން ބޭނުންވެއެވެ.

 

މުދަލުގެ ބާވަތް:   ބައު ދަގަނޑު, ބޭނުން ކޮއްފައިހުރި އަޑީތެޔޮ ފީފާ

ތަން:       ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި، 

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 07 ޖަނަވަރީ 2018 ވަނަ ދުވަހުން ފެށިގެން 10 ޖަނަވަރީ 2018 އާއި ދެމެދުގެ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ ތިލަފުށި ބޯޓްޔާޑަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށައެޅުން އޮންނާނީ 10 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ. އަގު ހުށައަޅުއްވާނީ، ބައު ދަގަނޑު ކިލޯއަކަށް ޖެހޭ ރޭޓުންނެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ހުށައަޅުއްވަން ވާނެއެވެ.

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން ރޭޓް ހުށައަޅުއްވާ ފަރާތަކަށް މިތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

07 ޖަނަވަރީ 2018
ހޯދާ