ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޯޓުމާސްޓަރ GS4

މަޤާމް :ކޯޓުމާސްޓަރ
ބޭނުންވާ އަދަދު :1

މަޤާމު

ކޯޓުމާސްޓަރ  

ރޭންކް: ޖީ.އެސް 4

ޢަދަދު

01 (އެކެއް)

މަސައްކަތްކުރަންޖެހޭތަން

ކުރިމިނަލް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ (ފަސްހާސް ވިހި ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ރިސްކު އެލަވަންސް -/3000 (ތިންހާސް ރުފިޔާ)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ

2-      މަޤާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

3-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު GS3 ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު

  • ދިވެހިބަހާއި އިނގިރޭސި ބަހުން ރީތިކޮށް މުޢާމަލާތް ކުރަން އެނގުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
  • އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.
  • ކޯޓުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.
  • އިސްކޮޅުގައި، ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އަންހެނެއްނަމަ 5 ފޫޓް ހުރުން.
  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ކޯޓުރޫމްގެ ސެކިއުރިޓީ އާއި އިންތިޒާމުތައް ބެލެހެއްޓުން.
  3. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ކޯޓު ހުންނަ ޞަރަހައްދު ބެލެހެއްޓުމާއި، ކޯޓަށް ޙާޟިރުކުރެވޭ މީހުން ސާރޗުކުރުން.
  4. ކޯޓުން ކަނޑައަޅާ ސެކިއުރިޓީއާއިގުޅޭ އެހެނިހެން މަސައްކަތްތައްކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)
  6. ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

17 ޖަނަވަރީ 2018 ވަނަ ދުވަހުގެ 14:00

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތު ކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.
  • B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
  • އަމިއްލަ އިސްނެގުމާއެކު ޓީމް މެމްބަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރި މީހަކަށްވުން.
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
  • މިކޯޓުންދޭ ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
03 ޖަނަވަރީ 2018
ހޯދާ