ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތ. އޮމަދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

ނަންބަރ:FNK-I/IUL/2018/001  

 

އިޢުލާން

 

ތ. އޮމަދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

      މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް ތ.އޮމަދޫގައި އައު އިންޖީނުގެއެއް އިމާރާތްކުރުމުގެ މަަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު FNK-K(T)/FNK/IUL/2017/139 އިޢުލާނަށް ހުށައަޅާފައިވާ އަންދާސީ ހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖެނުވަރީ 08 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖެނުއަރީ 15 ވާ ހޯމަ ދުވަހު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. 

                  

15 ރަބީޢުލްއާޙިރު 1439

01 ޖެނުއަރީ 2018

02 ޖަނަވަރީ 2018
ހޯދާ