ދާންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭ އޮފީސް

ދާންދޫ ސްކޫލް

އަތޮޅާއި ރަށް

ގއ.ދާންދޫ

މަޤާމުގެ ބާވަތް

ވަގުތީ

ރޭންކް:

އެސް.އެސް - 1

މުސާރަ

3100.00 (ތިން ހާސް އެއް ސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

1000.00 (އެއް ހާސް ރުފިޔާ)

ސެކްޝަން

ދާންދޫ ސްކޫލް އެކަޑަމިކް ސެކްޝަން

 

 

 

 

 

 

 

 

 

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. 1.      މަދަރުސާގެ ގޯތިތެރެ ކުނިކަހާ ސާފްކުރުމަށް ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހާ ކުނި އުކާލުން.
  1. ކުނިކަހާ ސަރަހައްދުގައި ފަޅާ ވިނަތައްނޮޅާ ސާފްކުރުން.
  2. ކްލާސްރޫމްތައް ކިޔެވުން އޮންނަ ކޮންމެދުވަހެއްގެ ކިޔެވުން ނިމުމުން ކުނިކަހާ ޑެސްކުތަކާއި ގޮޑިތައް ފުހެ ސާފްކުރުން.
  3. ކުނިކަހާ ފޮޅާސާފްކުރާ ކްލާސްރޫމްތަކުގެ ފަންކާތަކާ ފެންލައިޓް އަދި ހޮޅިބުރިތައް ފޮޅާ ސާފްކޮށް ބެލެހެއްޓުން.
  4. ކަޑައެޅިފައި އޮންނަ އުސޫލުން އޮފީހާއި ، ކެބިންތައް ، ސްޓާފްރޫމް ރޫމްގައި މޮޕް ޖެހުން.
  5. ކޮންމެ ހަފްތާއަކުވެސް ކަޑައެޅިފައިވާ އުސޫލުން ސްކޫލުގެ ބޭރު މަގުމަތި ސާފްކޮށްބެލެހެއްޓުން.
  6. މަޤުބޫލު އުޒުރެއް އޮވެގެން މެނުވީ ގޯތިތެރެއިން ކުނިކަހަންޖެހޭ ސަރަހައްދު ހެނދުނު 07:15 ގެ ކުރިން ކުނިކެހުން.
  7. އިމަޖެންސީގައި ކަންކަމުގައި ސްކޫލުން އަންގަވާ އުސޫލެއްގެ މަތިން އަމަލުކުރުން.
  8. މަދަރުސާގެ އިދާރީ މުވައްޒަފުން ފެށިގެން އެންމެ މަތީ މުވައްޒަފުންގެ އަމުރުތަކަށް ކިޔަމަންވުން.

10.މީގެ އިތުރުންވެސް އިދާރާއިން އަންގަވައިފި ކަމެއް ކުރުން.

  1. މަސައްކަތު މީހަކު ބަލިވެ ސަލާމް ބުނެފިނަމަ އޭނާގެ މަސައްކަތް ވަގުތީ ގޮތުން ކުރުން.

12.މަދަރަސާގެ ގުދަން ސާފްކުރުމާއި އެއްޗެހި ނެރެވެއްދުމުގައި އޮފީހުން އަންގާ ގޮތަކަށް އެހީތެރިވެ ދިނުން.

13.ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

ދަންފަޅިތަކުގައި ކުރަންޖެހޭ މަސައްކަތްތައް:

ހެނދުނު

  • ރޭގަނޑު ދިއްލާފައި ހުންނަ ހުރިހާ ހޮޅިބުރިތައް ނިއްވުން.
  • އެސެމްބްލީ ބޭއްވުމަށްޓަކައި ތައްޔާރުކުރުން.
  • ހުރިހާ ކްލާސްރޫމް ހުޅުވާ ކުޑަދޮރުފަތްތައް ހުޅުވުން.
  • ހަވާލުކުރެވިފައިވާ ފާޚާނާތައް ސާފްކުރުން.
  • ސްޓާފްރޫމް، އޮފީސް، އަދި ޕްރިންސިޕަލް ކެބިން ފޮޅާ ސާފްކުރުން.
  • ސްކޫލް ގޯތިތެރެ ރަގަޅަށް ސާފްކުރުން.
  • ހަފްތާއަކު ތިންދުވަހު މޭޒް، ކޮމްޕިޔުޓަރފަދަ ތަކެތި ހިރަފުސްފޮޅާ ސާފްކުރުން.
  • ކުއްލިބައްދަލުވުންތަކަށް ގޮޑިރާވައި އިންތިޒާމް ކުރުން.
  • ކޮންމެހެން އަންގަންޖެހޭ ބައެއް އެންގުންތައް ބެލެނިވެރިން، އާންމުންނަށް އެންގުން.
  • ދެވަނަ ސެޝަން ފެށުމުގެ ކުރިން ސްޓާފްރޫމްގެ ގޮޑިއާއި މޭޒް ތަރުތީބްކުރުން.
  • އައިސްއަލަމާރީގައި ހުންނަ ހުސް ފުޅިތަކަށް ފެންއެޅުން.
  • ހަފްތާއަކު ދެދުވަހު އެބޭފުޅަކާއި ހަވާލުވެފައިވާ ކްލާސްރޫމް، އަދި ހަވާލުކުރެވިފައިވާ ތަނެއްގެ ބިއްލޫރިތައް ސާފްކުރުން.
  • ފޮޅާ ސާފްކުރުމަށް ގެންގުޅޭ ތަކެތި ދަރިވަރުންނާއި މުދައްރިސުންނަށް ދަތިނުވާފަދަ ގޮތަކަށް ގުދަނަށްލާ ރައްކާކޮށްފައި ބެހެއްޓުން.

 

މެންދުރު

  • ހަވާލުކުރެވިފައިވާ ފާޚާނާތައް ސާފްކޮށްބެލެހެއްޓުން.
  • ލައިބްރަރީ، ކޮމްޕިޔުޓަރ ލެބް ފޮޅާ ސާފްކުރުން.
  • ހަފްތާއަކު ދެދުވަހު ސްކޫލުގެ ބޭރު މަގުމަތި ސާފްކުރުން.
  • ކުއްލިބައްދަލުވުންތަކަށް ގޮޑިރާވައި އިންތިޒާމް ކުރުން.
  • ކޮންމެހެން އަންގަންޖެހޭ ބައެއް އެންގުންތައް ބެލެނިވެރިން، އާންމުންނަށް އެންގުން.
  • ސްޓާފް ރޫމާއި އޮފީހުގެ މޭޒު ގޮޑި ތަރުތީބުކުރުން.
  • އައިސްއަލަމާރީގައި ހުންނަ ހުސް ފުޅިތަކަށް ފެންއެޅުން.
  • ހަފްތާއަކު ދެދުވަހު އެބޭފުޅަކާއި ހަވާލުވެފައިވާ ކްލާސްރޫމް، އަދި ހަވާލުކުރެވިފައިވާ ތަނެއްގެ ބިއްލޫރިތައް ސާފްކުރުން.
  • ލައިޓް ދިއްލުން.
  • ފޮޅާ ސާފްކުރުމަށް ގެންގުޅޭ ތަކެތި ދަރިވަރުންނާއި މުދައްރިސުންނަށް ދަތިނުވާފަދަ ގޮތަކަށް ގުދަނަށްލާ ރައްކާކޮށްފައި ބެހެއްޓުން.
  • ހަފްތާއަކު ތިންދުވަހު މޭޒް، ކޮމްޕިޔުޓަރފަދަ ތަކެތި ހިރަފުސްފޮޅާ ސާފްކުރުން.

ޝަރުތު:           

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ބަލަހައްޓަންޖެހޭ ގްރޭޑާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.    

އިންޓަރވިއު ކުރުން

    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހު ދާންދޫ ސްކޫލް އޮފީހު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚަށް އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމް މިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

 

ސުންގަޑި:

މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭ ސިޓީއާއިއެކު 10 ޖެނުއަރީ 2018 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ދާންދޫސްކޫލަށް ހުށަހެޅުއްވުންއެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

                           10 ރަބިޢުލްއާޚިރް 1439

                2 ޖެނުއަރީ 2018

02 ޖަނަވަރީ 2018
ހޯދާ