އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން އޮޕަރޭޝަން ތަކުގައި ބޭނުން ކުރުމަށް ޕިކަޕެއް ގަތުމަށް

ވެލާނާ އިންޓަރނޭޝަލް އެއަރޕޯރޓްގައި މި ކުންފުނީގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް 1.5 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަތުމަށް ކުރެވުނު އިއުލާން ނަންބަރ (IAS/MIS/2017/2045) އަށް އެކަށީގެންވާ ޕްރޮޕޯސަލް ލިބިފައި ނުވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

 ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 3 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ 10:30ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 14 ޖަނަވަރީ 2018 ވާ އާދިއްތަ ދުވަހުގެ 10:30ގައި މިއޮފީހުގައި އޮންނާނެއެވެ.

 އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

27 ޑިސެންބަރު 2017
ހޯދާ