މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީޚް ބަދަލުވުމާބެހޭ

އިޢުލާން

 

މި މިނިސްޓްރީގެ ނަންބަރު (IUl)142-C2/1/2017/123 (27 ނޮވެމްބަރ 2017) އިޢުލާނުގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ތާރީޚެއްގެ ގޮތުގައި 31 ޑިސެމްބަރ 2017 (އާދިއްތަ) ދުވަސް ހަމަޖައްސާފައި ވީނަމަވެސް، 31 ޑިސެމްބަރ 2017 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚަކީ 04 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ކަމުގައި ހަމަޖައްސައިފީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

09 ރަބީޢުލްއާޚިރު 1439

27 ޑިސެންބަރު 2017
ހޯދާ