ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް

ރޭންކު:

CSC4-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ. ޕްރޮފެޝަނަލްސް

ސެކްޝަން

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އެސެސްމަންޓް އެންޑް ޕޮލިސީ ޑިވެލޮޕްމަންޓް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް) ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. "ރީ ފޯމިއުލޭޓިންގ ސިވިލް ސަރވިސް ރެކްރޫޓްމަންޓް އެންޑް ސިލެކްޝަން" ޕްރޮޖެކްޓް ކޯޑިނޭޓްކޮށް ހިންގައި ބެލެހެއްޓުން.
  2. މެރިޓް އުސޫލުން މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލުތައް ހޯދުން.
  3. މެރިޓް އުސޫލުން މުވައްޒަފުން ހޮވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުން.
  4. ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއަށް ހޮވުމާއި އަޢްޔަނުކުރުމުގެ އުސޫލުތައް މުރާޖަޢާކޮށް، ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ތަންފީޒުކުރުން.
  5. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ވަޒީފާއާ ބެހޭ ޕްރޮސީޖަރތައް މުރާޖަޢާކޮށް އެއަންނަ ބަދަލުތައް ސިވިލް ސަރވިސްގެ އިދާރާތަކަށް ފޯރުކޮށްދިނުން.
  6. ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ އެސެސްކުރެވޭނެގޮތްތައް ހޯދުމާއި ކަނޑައެޅުމާއި އެކަންކަން ހިންގައި ބެލެހެއްޓުން.
  7. ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ބޭނުންކުރެވޭނެ އިމްތިހާނުތައް ތަރައްޤީކޮށް، ސުވާލު ބޭންކް ބެލެހެއްޓުން. އަދި ކޮމިޝަނުގެ ފަރާތުން ބާއްވާ އިމްތިހާނުތައް ހިންގައި ބެލެހެއްޓުން.
  8. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަމަލުކުރަންޖެހޭ އުޞޫލުތަކާއި ގައިޑްލައިންތައް އެކުލަވާލުން.
  9. ދިވެހި ސިވިލް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި ޕްލޭންގައިވާ ކަންކަން ކުރިއަށްދާގޮތް ގަވާއިދުން މޮނިޓަރ ކުރުމާއި ސިވިލް ސަރވިސް ސްޓްރެޓީޖިކް ޕްލޭން އޯވަރސައިޓް ޕްލޭނިންގ ކޮމިޓީގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  10. ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް (ރިޓެންޝަން) ބޭނުންވާ ސްޓްރެޓަޖީސްތައް ޤާއިމުކޮށް މިކަމާގުޅޭ އުޞޫލުތައް އެކުލަވާލުން.
  11. ސިވިލް ސަރވިސް މުވައްޒަފުންގެ ތަފާސްހިސާބުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާގުޅިގެން ޝާޢިއުކުރުން.
  12. "ސީއެސް ވިއުގަ 2.0" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް އިތުރަށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކުރުން.
  13. "ސީއެސް ވިއުގަ 2.0" ޕްރޮޖެކްޓް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގާ ބެލެހެއްޓުމާއި އެ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޯޑިނޭޓްކޮށް ހިންގައި ބެލެހެއްޓުން. 

14. ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު) ގައި ކޮމިޝަނުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިންގައި ބެލެހެއްޓުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

3 ޖަނަވަރީ 2017 ވާ ބުދަދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
  • އެޕްޓިޓުއުޑް ޓެސްޓް - 10
  • ޕްރެކްޓިކަލްސް - 10
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35

 

ޝޯޓްލިސްޓު ކުރުން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ އަދަދު 10 އަކަށް ވުރެ އިތުރުވެއްޖެނަމަ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ލިބިފައިވާ ހުނަރަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2018 ޖަނަވަރީ 04 އާއި 2018 ޖަނަވަރީ 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ hr@csc.gov.mv އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

07 ރަބީޢުލްއާޚިރު  1439ހ

25  ޑިސެންބަރު  2017މ

25 ޑިސެންބަރު 2017
ހޯދާ