ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
vazeefaage furusathu

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 01

ރޭންކް: ޖީ.އެސް. 3

މަޤާމުގެ ނަންބަރު: J-122881

ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް-1

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ތ.ކަނޑޫދޫ ސްކޫލު

ވަޒީފާ އަދާކުރަންޖެހޭ ތަން: ތ.ކަނޑޫދޫ ސްކޫލު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިދާރީ

ގިންތި:  ދާއިމީ

 

އިތުރު އިނާޔަތްތައް:

  1. 1.      ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. 2.      ދިވެހިރާއްޖޭގެ ޕެންޝަންއާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. 3.      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. 1.      ސްކޫލުގެ ކިޔަވައިދިނުމާއި ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
  2. 2.      ވަޒީފާ ބަޔާން ތައްޔާރު ކުރުން
  3. 3.      ވަޒީފާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. 4.      ސްޓޮކް ބެލެހެއްޓުން
  5. 5.      ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން
  6. 6.      ސިޓީ / މެސެޖް ލިޔުން
  7. 7.      އެންޓްރީ ބެލެހެއްޓުން
  8. 8.      ދުވަހުން ދުވަހަށް ސްކޫލުގެ ޔައުމިއްޔާ ލިޔުން
  9. 9.      ފައިލިންގ ސިސްޓަމް ބެލެހެއްޓުން
  10. 10.  މުވައްޒފުންގެ ރެކޯޑާއި (މުވައްޒަފު ވަޒީފާ ހަމަޖެހުނު ތާރީޚް / ވަކިވި ތާރީޚް/ ވަޒީފާ ބަދަލުވި ތާޜީޚް/ ޕްރޮމޯޝަން ލިބުނު ތާރީޚްފަދަ ރެކޯޑްތައް) ހާޒިރީ ބެލެހެއްޓުން އަދި ޙާޒިރީ ރިޕޯޓް ތައްޔާރު ކުރުން. (ކޮންމެ މީލާދީ މަހެއް ނިމުމުން މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ސްކޫލުގެ އިސްވެރިޔާ އަށް ހުށަހެޅުން)
  11. 11.  އިތުރު ގަޑީގެ ޙާޒިރީ ޝީޓާއި ރިޕޯޓް ތައްޔާރުކުރުން
  12. 12.  ދަރިވަރުންގެ ޑާޓާ ބޭސް އަޕްޑޭޓް ކުރުން
  13. 13.  މުވައްޒަފަކު ޗުއްޓީނަގާނަމަ އެމުވައްޒަފަކު ޗުއްޓި ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން އެމުވައްޒަފު ކުރަމުންދާ މަސައްކަތް ކުރުން
  14. 14.  ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން
  15. 15.  އާމްދަނީ ފޮތް ބެލެހެއްޓުން
  16. 16.  އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތުގައި، އދި ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލު ކުރުން

 

މަޤާމުގެ ޝަރުތުތައް:

  1. 1.      އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަންރިސޯސްމެނޭޖުމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަންރިސޯސް މެނޭޖުމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. 2.      ސަނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ސިވިލްސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ.

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

ނ. ޤާބިލްކަމާއި ހުނަރު ކަށަވަރުކުރުމަށް ދެވޭ އިންޓަރވިއު އަދި އިމްތިޙާން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1.      މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ތ.ކަނޑޫދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
  2. 2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4.      ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. 5.      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވައިފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިން އިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސާރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުއްޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ތ.ކަނޑޫދޫ ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވލްސާރވިސްގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖެނުއަރީ 3 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތ.ކަނޑޫދޫ ސްކޫލުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާ ފައި ވާނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ 2018 ޖެނުއަރީ 04 އާއި 08 އާއި ދެމެދު، ތ.ކަނޑޫދު ސްކޫލުގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ. މި އިޢުލާނާއި ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންން ފަރާތަކަށް މިވަޒީފާ ހަމަޖައްސަވައި ދެވޭނެ އެވެ.

 

 

                                03 ރަބީޢުލްއާޚިރު   1438

                           21 ޑިސެމްބަރ     

21 ޑިސެންބަރު 2017
ހޯދާ