މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
2014 ވަނަ އަހަރަށް ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާ ކަނޑައެޅުން

          މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' މުޢާހަދާގެ ދަށުން 2020 ގެ ނިޔަލަށް ދިވެހިރާއްޖޭގައި އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން 1 ޖަނަވަރީ 2011 ން ފެށިގެން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް (ބްލެންޑްސް) ދިވެހިރާއްޖެއަށް އެތެރެކުރާ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

         މިގޮތުން، 2014 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރަކީ 60.3 (ފަސްދޮޅަސް ޕޮއިންޓް ތިނެއް) މެޓްރިކްޓަނެވެ. އަދި، މިއަދަދަށް ގޭސް އެތެރެކުރެވޭނީ 2014 ވަނަ އަހަރު އެޗް.ސީ.އެފް.ސީ.އާއި އެޗް.ސި.އެފް.ސީގެ ބާވަތްތައް އެތެރެކުރުމުގެ ޚާއްޞަ ހުއްދަ ދެވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އެކަންޏެވެ. 

         ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

10 މުޙައްރަމް 1435

14 ނޮވެންބަރު 2013
ހޯދާ