ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީސް ހޯދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލްގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ،ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)RS/1/2017/1098)  (03 ޑިސެމްބަރ 2017) އިއުލާން ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެކަށީގެންވާ އަދަދަށް  ހާޒިރުވެފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން މި ސްކޫލްގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ،ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ބޭފުޅުން 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފު ކުރެއވުމަށް ފަހު، 2017 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

                 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. 

18 ޑިސެންބަރު 2017
ހޯދާ