ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓުގެ ސްޓާފް އެންޓްރެންސަށާއި ކޮންފަރެންސް ހޯލަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޑިޕާޓްމަންޓުގެ ސްޓާފް އެންޓްރެންސަށާއި ކޮންފަރެންސް ރޫމަށް ބައެއް ބަދަލުތައް ގެނެސް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 198F/2017/97   އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން  އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެމަސައްކަތް ކުރުމުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ. މިކަމާބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 2017 ޑިސެމްބަރ 14  ވާ ބުރާސްފަތި ދުވަހުގެ 14:00 އިގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ 11:30 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަބީޢުލްއައްވަލު   1439

13 ޑިސެންބަރު 2017
ހޯދާ