ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް

GS3

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓް

އަސާސީ މުސާރަ

-/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން  އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު ، GS 2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ސެކްޝަނަށް ލިބޭ ލިޔެކިއުންތަކަށް ޤަވާޢިދުން ފިޔަވަޅު އެޅުން

2- ސެކްޝަނަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރީވުން

3- ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން

4- ސެކްޝަންގެ އެންމެހާ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (މިސެޓްފިކެޓް ތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ)

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

1- މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

4- މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ 19 ޑިސެމްބަރ 2017 އިން ފެށިގެންނެވެ.

12 ޑިސެންބަރު 2017
ހޯދާ