އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/SR/IUL/2017/25

މަސައްކަތް: ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

    2018 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރި ވެލައްވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

   މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސްކޫލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުފުރިހަމަ ކުރުމަށްފަހު ،ސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " އިންނަމާދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން – 2018" މިހެން ލިޔެފައި އޮންނަންވާނެއެވެ.

   މި މަސައްކަތަށް މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ،ޙާޒިރު ނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

    މި މަސައްކަތަށް ކުރިމަތި ލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

2017 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް

2017 ޑިސެމްބަރ 21 ވާ ބްރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

    މަޢުލޫމާތު ސާފުކުރުމަށް ޙާޟިރު ނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

24 ރަބީޢުލް އައްވަލް 1439

12  ޑިސެމްބަރ 2017

 

                        

                                           6580359 [email protected]                          

12 ޑިސެންބަރު 2017
ހޯދާ