ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓުގެ ސްޓާފް އެންޓްރެންސަށާއި ކޮންފަރެންސް ހޯލަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޑިޕާޓްމަންޓުގެ ސްޓާފް އެންޓްރެންސަށާއި ކޮންފަރެންސް ރޫމަށް ބައެއް ބަދަލުތައް ގެނެސް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މިކަމާބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ  2017 ޑިސެމްބަރ 11 ވާ ހޯމަ ދުވަހުގެ 14:00 އިގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2017 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:30 އަށް  އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއައްވަލު   1439

07 ޑިސެންބަރު 2017
ހޯދާ