ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާއޮފީސް ޢިމާރާތާއި ރަށްވެހިގެ ކުއްޔަށް ދިނުން

އިޢުލާން

 

ޢިމާރާތާއި ގޯތި ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމާއިބެހޭ

                             މިއިދާރާގެ ނަމްބަރ: 391/391/2017/21 (26)  ނޮވެމްބަރ 2017) އިޢުލާންގައި މަޢުލޫމާތު ދިނުމަށް ގަޑި ކަޑައެޅިފައި ނުވުމާއި ބިޑް ބައިލައިގަތުމަށް ހަމަޖެހިފައި އޮތް 15 ޑިސެމްބަރ 2017 ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން އަދި ބިޑް ބަލައިގަންނާނެ ގަޑިއެއް ނެތުމުން މަތީގައިވާ އެ އިޢުލާން ބާތިލްކޮށް ރައްޔިތުންގެ 2 ގޯތި ކަމުގައިވާ އޮފީސް ހިންގި ޢިމާރާތާއި "ރަށްވެހިގެ"، މިއިން ކޮންމެ ޢިމާރާތެއް މަހަކު 5000/- ރުފިޔާ (ފަސްހާސްރުފިޔާ) އަށްވުރެ ކުޑަނޫން އަގަކަށް، ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަށް ނިންމައިފީމެވެ.

                             މަޢުލޫމާތުދިނުން އޮންނާނީ 10 ޑިސެމްބަރ 2017 ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. ބިޑްބަލައިގަތުން އޮންނާނީ 17 ޑިސެމްބަރ 2017 ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގައެވެ.

                             ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފާރާތްތަކުން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހަމަޖެހިފައިވާ ގަޑިއަށް ބިޑް ހުށައެޅުއްވުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

                                                                   

                           17 ރަބީއުލްއައްވަލް 1439

                            5 ޑިސެމްބަރ  2017

 

                                                             އިސްމާޢީލް އިބުރާހީމް

                                                            ތިމަރަފުށީ ކައުންސިލްގެ ރައީސް

05 ޑިސެންބަރު 2017
ހޯދާ