ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ހައުސްކީޕަރ (އެސް.އެސް1)
ބޭނުންވާ އަދަދު :1

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް 1

އަސާސީ މުސާރަ

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1000 (އެއްހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-      ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޯޓުގެ އެތެރެއާއި އިމާރާތުގެ ބޭރާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުމުގެ އެންމެހާ މަސައްކަތް  ކުރުން.

2-      އޮފީހުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ކެއުމާއި، ސައި އަދި ކޮފީ ތައްޔާރުކުރުން.

3-      ކުޑަދޮރުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަޑު ފަދަ ތަކެތި ސާފުކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

1-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-      ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

3-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

މިކޯޓުގެ ނަންބަރު: (31.07.2017) 145-A/2017/19 އިޢުލާން ބާޠިލްކޮށްފީމެވެ.

05 ޑިސެންބަރު 2017
ހޯދާ