މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރާއިރު ހުއްދަ ނެގުމާ ބެހޭ

ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރާއިރު ހުއްދަ ނެގުމާ ބެހޭ

މިދުވަސްވަރަކީ ދިރާސީ އަހަރު ނިމި ސްކޫލު ބަންދު ދުވަސްވަރަކަށްވާތީ ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެެ. މިހެން ކުރާ ދަތުރުތަކުގައި މިމިނިސްޓްރީިން ހުއްދަ ނުނަގާ ރާއްޖޭން ބޭރުން ގަހާއި ގަހުގެ ބައިތައް އެތެރެކުރާކަން މި މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މި މިނިސްޓްރީގެ ލިޔުމަކުން ހުއްދަ ނެތި، ގަހާއި ގަހުގެ ބައިތައް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެކެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެތެރެކުރެވޭނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި މާލޭ ކޮމާޝަލް ހާބަރުންނެވެ. އަދި މިގޮތަށް އެތެރެކުރާ ތަކެތީގައި އެއްވެސް ވަރަކަށް ވެލި ނުވަތަ ކާދު ހުރެގެން ނުވާނެއެވެ.  

ވީމާ، ޤާނޫނު ނަންބަރު: 2011/12 (ގަސްގަހާގެހި ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ  22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ދިވެހިރާއްޖެއަށް ގަހާއި ގަހުގެ ބައިތައް އެތެރެ ކުރާއިރު މި މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމާއި އަދި އެހުއްދައިގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ތަކެއްޗާ އެކު ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓްގައި ޑިޔުޓީގައި ހުންނަ ކަރަންޓީނު އޮފިސަރަށް (ފޯނު ނަންބަރު: 7503161/3303742) ހުށަހެޅުމަށް އިލްތިމާސް ކުރަމެވެ. އަދި މިގޮތަށް ހުއްދަ ނުނަގާ އެތެރެކުރެވޭ ގަހާއި ގަހުގެ ބައިތައް ނައްތާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 ربيع الأوّل 1438

04 ޑިސެންބަރު 2017

04 ޑިސެންބަރު 2017
ހޯދާ