މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކޮމްޕެނީ ސެކްރެޓަރީ
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ:

މަހަކު -/20،000.00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

-  ފިކްސްޑް އެލަވަންސް

-  ފޯން އެލަވަންސް

-  އެޑިއުކޭޝަން އެލަވަންސް

 

ޝަރުތު:

-   ލޯ ފާމެއް، އޮޑިޓް ނުވަތަ ބިޒްނަސް ކޮންސަލްޓަންސީ ފާމެއްގައި  މަދުވެގެން 1 އަހަރު ފަންނީ މަސައްކަތް ކޮށްފައިވުން .

-   ވިޔަފާރިއާގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން .

-   ކުންފުނީގެ ސެކްރެޓަރީން ތަމްރީނުކުރުމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ހިންގާ ކޯސް ފުރިހަމަކޮށް، ސަނަދު ލިބިފައިވާ ފަރާތަކަށްވުން.

-          

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކުންފުންޏާއި ބެހޭ ޢާއްމު ޤަވާއިދު ގެ  12ވަނަ މާއްދާގައިވާ ކުންފުނީގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް ޢަދާކުރުން.

-  ރެޖިސްޓަރ އޮފް ކޮމްޕެނީ އަށް ފޮނުވަންޖެހޭ އެންމެހައި ލިޔެ ކިޔުންތައް ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން

- ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކާއި ބޯޑުގެ އެންމެހާ ކޮމިޓީތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި އެޖަލްސާތަކުގެ ޔަޢުމިއްޔާ އާއި އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުން.

 

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދުވާލަކު 08 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން :

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

 04 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 15:30 ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

މަޤާމަށް އެދިހުށަހަޅާ ފޯމް

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

 

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

29 ނޮވެންބަރު 2017
ހޯދާ