ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިސްކުލޫގެ އިޢުލާން ނަންބަރ 09/2017/IUL/177-GS(07 ނޮވެމްބަރ 2017 ) ގައި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް ބަޔާން ކުރެވިފައިނުވާތީ މިއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރީމެވެ.

 

ވިމާ 1 ޖެނުއަރީ 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށްހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

އަދި މިކަމަކީ ވިޔަފާރި އުސޫލުން ކުރާ ކަމަކަށް ވުމާއެކު، މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ނަންބަރ 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.                          

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                      

 

20 ނޮވެމްބަރ 2017           

                                                2 ރަބީއުލްއައްވަލް 1439

20 ނޮވެންބަރު 2017
ހޯދާ