މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް މުވައްޒަފުން ހޯދުމަށް

                                          ނަންބަރު: IUL)298/2017/55)

އިޢުލާން

ކުނިކޮށްޓަށް މުވައްޒަފުން ހޯދުމަށް

 

މިރަށު ކުނިކޮށީގައި މިހާރު ހުރި މުވައްޒަފުގެ އިތުރަށް ތިރީގައި މިދަންނަވާ މަޤާމް ތަކަށް މުވައްޒަފުން ހޯދަން ކުރި ނަންބަރު: (IUL)298/2017/06 އަދި (IUL)298/2017/54 މި2(ދޭއް) އިއުލާނު ބާތިލްކޮށް ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް: ޕިކަޕް ޑްރައިވަރ

ބޭނުންވާ އަދަދު: 1(އެކެއް)

މުސާރަ މަހަކު: 6000.00(ހަހާސްރުފިޔާ)

ކުރަންޖެހޭ މަސައްކަތް: ގޭގެއިން ނާއި އެހެނިހެން ސަރަޙައްދުތަކުން ކުނި ނަގައިގެން ކުނިކޮށްޓައް ކުނި ގެންދިޔުމާއިއެކު ކުނިކޮށީގެ މަސައްކަތުގައި ޢަމަލީ ގޮތުން އުޅުން.

މަސައްކަތް ކުރަންޖެހޭ ދުވަހުގެ ޢަދަދު: ހަފުތާއަކު 7(ހަދުވަސް)

މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 07:00 ން މެންދުރު 11:30ށް އަދި މެންދުރުފަހު 13:00 ން 15:00 އަށެވެ.

ފެންވަރު ނުވަތަ ޝަރުތު: 1.5ޓަނުންފެށިގެން މަތީގެ ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއްކަމުގައި ވުމާއިއެކު ދިވެހިރައްޔިތެއް ކަމުގައިވުން.

 

 

2  މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 03(ތިނެއް)

މުސާރަ މަހަކު: 6000.00(ހަހާސްރުފިޔާ)

ކުރަންޖެހޭ މަސައްކަތް: ގޭގެއިންނާއި، އެހެނިހެން ސަރަޙައްދުތަކުން ކުނިނަގައިގެން ކުނިކޮށްޓައް ގެންގޮސް ކުނިކޮށީގައި އަމަލީ މަސައްކަތް ކުރުން.

މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު: ހަފުތާއަކު 7(ހަދުވަސް)

މަސައްކަތް ކުރަންޖެހޭ ވަގުތު: ހެނދުނު 07:00 ން މެންދުރު 11:30ށް އަދި މެންދުރުފަހު 13:00 ން 15:00 އަށެވެ.

ފެންވަރު ނުވަތަ ޝަރުތު: އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއްކަމުގައި ވުމާއިއެކު ދިވެހިރައްޔިތެއް ކަމުގައިވުން.

 

ވީމާ، މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ނޮވެމްބަރ 26ވާ އާދިއްތަ  ދުވަހު 12:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ) އައިޑީކާޑުގެ ފޮޓޯކޮޕީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

21 ނޮވެންބަރު 2017
ހޯދާ