މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާދޭން ފެށުން

16 ނޮވެންބަރު 2013 ން ފެށިގެން، އެމް.އެން.ޑީ.އެފް ގެ ފަރާތުން ހިންގާ ސެނަހިޔާ ހޮސްޕިޓަލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އާސަންދައިގެ ދަށުން ފަރުވާ ދިނުމަށް އެފަރާތުން ވަނީ ނިންމާފައެވެ. އެގޮތުން އެ ހޮސްޕިޓަލުން ފަރުވާ ލިބުމާއި، ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި މަޑުކުރަން ނުޖެހުން ފަދަ ޚިދުމަތްތައް ލިބިގަތުމުގައި މި މިނިސްޓްރީގެ ލިޔުމެއް ބޭނުންވާތީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ތިބި މީހުންނަށް ކާޑެއް ދޫކުރުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

 ވީމާ، މި ކާޑަށް އެދި،  އަމިއްލަ ގޮތުން، ބެލެނިވެރިޔާގެ ފަރާތުން، އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް، މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާތާ، 3-5 ދުވަހުގެ ތެރޭގައި، މިކާޑު ހަދައިދެވޭނެ ވާހަކަ ދަންނަވަމެވެ. ސިޓީގައި ނުކުޅެދުންތެރިކަން ހުރި ފަރާތުގެ ފުރިހަމަ ނަން، އައިޑީ ކާޑު ނަންބަރު، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު ހިމަނުއްވައި، ސިޓީއާއެކުގައި އެ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ 3013017 ފޯނުން، މި މިނިސްޓްރީގެ ޑިސެބިލިޓީ ސެކްޝަނަށް ގުޅުއްވުން އެދެމެވެ.

06 ނޮވެންބަރު 2013
ހޯދާ