މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ.

                                ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރަށާއި، ގއ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ކޮންޓްރެކްޓް އުޞޫލުން ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                                ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 22 ވާ ބުދަ ދުވަހުގެ 14:00 އަށް ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ނޮވެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

15 ނޮވެންބަރު 2017
ހޯދާ