މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

"އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން"

 މި އޮތޯރިޓީއަށް " އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް 05 ނޮވެންބަރު 2017 ގައި ކުރި ނަންބަރު IUL)220-AS/1/2017/99) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މީރާގައި ކަމަށް ޤާބިލް، ކަމާ ބެހޭ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ރަނގަޅަށް ދަންނަ އޮޑިޓް ޓީމެއް ތައްޔާރުކުރުމަށްޓަކައި އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (“އައި.އެސް.އޭ”) ޓްރޭނިންގ ޕްރޮގްރާމެއް ހިންގުމަށް ބޭނުންވެއެވެ.

 ވީމާ، އައި.އެސް.އޭ ގެ ޓްރޭނިންގ ޕްރޮގްރާމެއް މާލޭގައި ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 މި ޕްރޮގްރާމުގައިތިރީގައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އެހެންނަމަވެސް، މީގެ އިތުރަށްވެސް ބައިތައް ހިމެނިދާނެއެވެ.

  1. މާލީ ހިސާބުތައް ތައްޔާރުކުރުމާއި ހުށަހެޅުމުގެ އޮނިގަނޑާއި އޭގެ ރޯލް
  2. ތިރީގައިވާ “ISA” ތައް، އަދި އޭގެ ޢަމަލީ ބޭނުން:

 

Overall Objectives of the Independent Auditor and the Conduct of an Audit in Accordance with International Standards on Auditing 

ISA 200

1.1

Agreeing the Terms of Audit Engagements 

ISA 210

1.2

Quality Control for an Audit of Financial Statements

ISA 220

1.3

Audit Documentation 

ISA 230

1.4

The Auditor's Responsibilities Relating to Fraud in an Audit of Financial Statements 

ISA 240

1.5

Consideration of Laws and Regulations in an Audit of Financial Statements 

ISA 250

1.6

Communication with Those Charged with Governance 

ISA 260

1.7

Communicating Deficiencies in Internal Control to Those Charged with Governance and Management

ISA 265

1.8

Planning an Audit of Financial Statements 

ISA 300

1.9

Identifying and Assessing the Risks of Material Misstatement through Understanding the Entity and Its Environment

ISA 315

1.10

Materiality in Planning and Performing an Audit 

ISA 320

1.11

The Auditor's Responses to Assessed Risks 

ISA 330

1.12

Audit Considerations Relating to an Entity Using a Service Organization 

ISA 402

1.13

Evaluation of Misstatements Identified during the Audit 

ISA 450

1.14

Audit Evidence 

ISA 500

1.15

Audit Evidence-Specific Considerations for Selected Items 

ISA 501

1.16

External Confirmations 

ISA 505

1.17

Initial Audit Engagements-Opening Balances 

ISA 510

1.18

Analytical Procedures 

ISA 520

1.19

Audit Sampling 

ISA 530

1.20

Auditing Accounting Estimates Including Fair Value Accounting Estimates and Related Disclosures.

ISA 540

1.21

Related Parties 

ISA 550

1.22

Subsequent Events 

ISA 560

1.23

Going Concern

ISA 570

1.24

Written Representations 

ISA 580

1.25

Special Considerations-Audits of Group Financial Statements (Including the Work of Component Auditors)  

ISA 600

1.26

Using the Work of Internal Auditors 

ISA 610

1.27

Using the Work of an Auditor's Expert

ISA 620

1.28

Forming an Opinion and Reporting on Financial Statements

ISA 700

1.29

Modifications to the Opinion in the Independent Auditor's Report

ISA 705

1.30

Emphasis of Matter Paragraphs and Other Matter Paragraphs in the Independent Auditor's Report

ISA 706

1.31

Comparative Information - Corresponding Figures and Comparative Financial Statements

ISA 710

1.32

The Auditor's Responsibilities Relating to Other Information in Documents Containing Audited Financial Statements

ISA 720

1.33

 

  1. ISRE 2400 (Engagements to Review Financial Statements) and its practical application.
  2. ISAE 3000 (Assurance Engagements Other Than Audits or Reviews of Historical Financial Information) and its practical application.
  3. ISRS 4400 (Engagements to Perform Agreed-Upon Procedures Regarding Financial Information) and its practical application.
  4. Brief overview of proposed changes to existing ISA’s and proposed new standards.
  5. IFRS 9 – Financial Instruments, effective on 1st Jan 2018
  6. IFRS 15 – Revenue from Contracts with Customers, effective on 1st Jan 2018
  7. IFRS 16 – Leases, effective on 1st Jan 2019                     

I. އަމާޒުކުރެވޭ ފަރާތްތައް

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ 60-50 އާ ދެމެދުގެ މުވައްޒަފުން ތަމްރީނުކުރުމަށެވެ. މި ޓްރޭނިންގގައި ބައިވެރިވާނެ ގިނަ މުވައްޒަފުންނަކީ އޭ.ސީ.ސީއޭ ޓްރޭނީޒުންނެވެ. އަދި ބައެއް މުވައްޒަފުންނަކީ އޭ.ސީ.ސީއޭ އެފިލިއޭޓުންނާއި މެންބަރުންނެވެ.

 II. މުއްދަތު

މި ޕްރޮގްރާމު ތައްޔާރު ކުރަންވާނީ 10 މަސައްކަތު ދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަކަށް، ފެބުރުވަރީ 2018 ގައި ހިންގުމަށެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 03 އިން 13 ފެބުރުވަރީ 2018 އަށް ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.

އާދީއްތަ – ބުރާސްފަތި: 13:30 އިން 18:00 އަށް

ހޮނިހިރު: 09:30 އިން 17:15 އަށް (ލަންޗް ބްރޭކްގެ ގޮތުގައި 12:00 އިން 13:00 ގެ ބްރޭކެއް ހިމަނައިގެން)

III. ޓްރޭނިންގ ހިންގާ ފަރާތުގެ ޒިންމާ

ޓްރޭނިންގ ހިންގާ ފަރާތުން ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1 މަތީގައި ބަޔާންކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް ކޯހަށް ބޭނުންވާ މެޓީރިއަލްތައް، ހޭންޑްއައުޓްތަކާއި ރީޑިންގ މެޓީރިއަލްތައް އަދި އެކްސަސައިޒް، ކޭސް ސްޓަޑީތައް ހިމެނޭ ގޮތަށް ތައްޔާރުކުރުން.

  2 ޕްރޮގްރާމް ފެށުމުގެ 7 ދުވަހުގެ ކުރިން ކޯހުގެ މެޓީރިއަލްތައް މީރާއަށް ފޮނުވަންވާނެއެވެ.

  3 ޓްރޭނިންގ ސެޝަންތައް ހިންގުން (ޓްރޭނިންގ ސެޝަންތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ކޮންމެ ސްޓޭންޑަޑަކަށް ކަނޑައެޅިފައިވާ ވަގުތުގެ މަދުވެގެން %75 އެ ސްޓޭންޑަޑް ޢަމަލީ ގޮތުން ބޭނުންކުރުމުގެ ކޮމްޕޯނަންޓުގެ މައްޗަށެވެ).

  4 ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކާ އިންޓަރެކްޓްކޮށް، ޓްރޭނިންގ ސެޝަންތަކުގައި އެފަރާތްތަކުން ޢަމަލީގޮތުން   ބައިވެރިވުމަށް ބާރުއަޅައި، އެފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދީ އެހީތެރިވެދިނުން. 

IV. ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަންތައް އަދި ތަޖުރިބާ

ޓްރޭނިންގ ހިންގާ ފަރާތަކީ ތިރީގައިވާ ކޮލިފިކޭޝަންތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.

  1 އެކައުންޓިންގ ދާއިރާއިން ޤަބޫލުކުރެވޭ ފެންވަރަށް ތަޢުލީމީ ނުވަތަ ޕްރޮފެޝަނަލް ކޮލިފިކޭޝަން ޙާޞިލުކޮށްފައިވުން.

  2 "IFRS" އާ ގުޅުންހުރި ކޮންސަލްޓަންސީ މަސައްކަތް ނުވަތަ އެ ސްޓޭންޑަޑްތައް ޢަމަލީގޮތުން ބޭނުންކުރަންޖެހޭފަދަ އިސް މަޤާމެއްގައި މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން (ޓެކުހާއި ގުޅުންހުރި މަގާމެއްގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ).

  3 މިފަދަ ޓްރޭނިންގތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ފަރާތަކަށްވުން.

V.  އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު

  1 ކޯހުގައި ހިމެނޭ ބައިތަކާއި އެ ބައިތައް ޑިޒައިންކުރެވިފައިވާ ގޮތް - %30

  2 ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %30

  3  ފީ - %40 (މި ޓްރޭނިންގ ހިންގުމަށް ހުށަހަޅާ ފަރާތްތަކަކީ ބިދޭސީން ކަމަށްވާނަމަ، ދަތުރުފަތުރު އަދި ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ އެ ފަރާތުންނެވެ. އަދި މި ކަމަށް ދާ ޚަރަދު އެ ފަރާތުން ހުށަހަޅާ އަގުގެ ތެރޭގައި ހިމަނަންވާނެއެވެ).

 

ޓްރޭނިންގ ހިންގުމަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުގެ ނަން ހުށަހެޅިދާނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، އެ   ފަރާތްތަކުން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ސެޝަންތައް ކަނޑައަޅަންވާނެއެވެ.

 ޓްރޭނިންގ ހިންގާ ފަރާތުން ޕްރިންޓްކުރަން ބޭނުންވާ އެންމެހާ ތަކެތި ޕްރިންޓްކުރުމާއި ޓްރޭނިންގ ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމް ހަމަޖައްސާނީ މީރާއިންނެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ 08:30 އާއި 16:30 އާ ދެމެދު އަލްފާޟިލާ ޢާއިޝަތު ނަޝްފާ 3339593 (960+) ، އީމެއިލް ނަމަ، [email protected]  އަށެވެ.  

ޝަޢުޤުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ޕްރޮޕޯސަލް ޓު ކޮންޑަކްޓް އަ ޓްރޭނިންގ ޕްރޮގްރާމް އޮން އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" މިފަދައިން ޖެއްސެވުމަށްފަހު، 22 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ 15:00 އަށް ތިރީގައިވާ އެޑްރެހަށެވެ. މި ހުށަހެޅުމާއެކު ކޯހުގައި ހިމެނޭ ބައިތަކުގެ ތަފްޞީލާއި، ކޯސް ހިންގާނެ ގޮތް (ލެކްޗަރސް، ޑިސްކަޝަންސް، ކޭސް ސްޓަޑީސް، އެކްސަސައިޒަސް އަދި މިނޫންވެސް އެހެނިހެން ގޮތްތައް) އަދި ޓްރޭނިންގ ހިންގާ ފަރާތްތަކުގެ ވަނަވަރާއި ފީގެ ތަފްޞީލު ހިމަނަންވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

އަމީނީމަގު (2ވަނަ ފަންގިފިލާ)

މާލެ 20379

ދިވެހިރާއްޖެ

14 ނޮވެންބަރު 2017
ހޯދާ