މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިމާމުން ތަމްރީނު ކުރާކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

އިމާމުން ތަމްރީނު ކުރާކޯސް (މިޞްރު)

ކޯހުގެ މުއްދަތު: _

ކިޔަވާ ތަން: ޤާހިރާ (މިޞްރު)

ތައާރަފް

އިމާމުންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތަށް ފޯރުކޮއްދިނުމުގެ މަގުސަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން އިމާމުން ތަމްރީނު ކުރުމުގެ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށެވެ.

ކޯހުގެ ޝަރުތު

ހ. ޢިއުދާދިއްޔާ / ޝަހާދާ ޘާނަވިއްޔާ ހާސިލުކޮށްފައިވުން. ނުވަތަ،

ށ. ދީނީ ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ

ނ. ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވުން.

ސުންގަޑި

29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހު 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުއްވުން އެދެން. މިކޯހަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ.

 

ކޯހަށް ބައިވެރިން ހޮވުމުގައި ތިރީގައިވާ ބައިތަކަށް އިސްކަން ދެވޭނެއެވެ.

ހ- އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރު .

ށ- ޢަރަބި ބަހުގެ ކޯސް / ޓްރޭނިންގ ތަކުގެ ލިޔެކިޔުންތައް.

 

ނޯޓް: ކޯހުގައި ބައިވެރިވާން އެދޭފަރަތަކީ، މި މިނިސްޓްރީ ފިޔަވައި އެހެން ތަނެއްގައި ވަޒީފާއަދާ ކުރާ ފަރާތެއްނަމަ، ކޯހުގައި ފޮނުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

                                 13 ޞަފަރު 1438

13 ނޮވެންބަރު 2017
ހޯދާ