މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމާއި ގުޅޭ

އިޢުލާން

 

 

ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފެއްދުމާއި ގުޅޭ

 

"ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދައި، އެކްސްޕޯޓްކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ނަންބަރު 2017/R-87 ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލާފާސްކޮށް ހުއްދަ ދޫކުރުމުގައި ބަލާނެ މިންގަނޑު "ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއިމަހުގެ ބާވަތްތައް އުފެއްދުމުގެ ޤައުމީ މިންގަނޑު" 12 ނޮވެންބަރު 2017ގައި ވަނީ މިނިސްޓްރީ އޮފް ހެލްތު އަދި މި އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ.

 

ވީމާ، ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަހާއި މަހުގެ ބާވަތްތައް އުފައްދާ ތަންތަނަށް ހުއްދަ ދޫކުރުމުގައި މި އޮތޯރިޓިން ބަލާނީ މި މިންގަނޑަށް ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 24 ޞަފަރު 1439ހ.

 

13 ނޮވެންބަރު 2017
ހޯދާ