ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަރްކަޒުގެ ގޮފިތަކުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތައް ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮފިތަކުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:             8 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:            1   ސެމިސްޓަރ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

           2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:      1   އަހަރު ( 2 ސެމިސްޓަރ )

ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:      2 ސެމިސްޓަރ

އިމާމުކަމުގެ ޑިގްރީ ކޯސް

ޝަރުޠު:       1- ގުޅެދާއިރައަކުން ލެވެލް 4 ގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

3- ކޯހަށް އަހްލުވެރިކުރުމަށް ޓަކައި ހިންގާ ތައުހީލީ ( ފައުންޑޭޝަން ) ކޯހުން ފާސްވުން.

މުއްދަތު:      1   އަހަރު ( 2 ސެމިސްޓަރ )

ނޯޓް: މި ކޯހުގެ ކިޔެވުން އޮންނާނީ ހަމައެކަނި ހުކުރު، ހޮނިހިރު މި ދެދުވަހުއެވެ.

 

 

ޤުރުޢާން މުދައްރިސްކަމުގެ ޑިގްރީ

ޝަރުޠު:       1- ހ. މަރުކަޒުން ހިންގާ ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ސެޓްފިކެޓް ލެވެލް 4 ގެ ޤާރީކޯހެއް ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:      - އަހަރު ( 6 ސެމިސްޓަރ )

     

ޢަރަބިބަހުގެ  ޑިޕްލޮމާ  ކޯސް

ޝަރުޠު:      1-  ޢުމުރުން 16 އަހަރު ފުރިފައިވުން.

2- ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:      2   އަހަރު ( 4 ސެމިސްޓަރ )

 

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2017 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2018 ޖަނަވަރީ 7 ވާ އާދީއްތަ ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މަތީގައިވާ ކޯސްތައް، މަރުކަޒުގެ ގޮފިތަކުގައި ހިންގޭނީ މަރުކަޒުން ހުއްދަ ދީފައިވާ ގޮތުގެ މަތިންނެވެ.

12 ނޮވެންބަރު 2017
ހޯދާ