ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ކާރެއް ނީލަންކިއުން

އިޢުލާން

އެސްޓީއޯގެ ކާރެއް ނީލަންކިއުން

އެސްޓީއޯގައި ބޭނުންކޮށް ބައުވެފައިވާ މިދަންނަވާ ކާރު ނީލަމުގައި ވިއްކާލުމަށް ކުރިން ކޮށްފައިވާ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާތިލުކޮށް މި ކާރު ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.

  • ރަޖިސްޓްރީ ނަންބަރ B1A1146
  • މޮޑެލް ނަންބަރ TOYOTA-GF-AE110-AEPNKS
  • ޗެސިސް ނަންބަރު AE110-5277166
  • އިންޖީނު ނަންބަރ 5A H208031
  • ރާއްޖެ އެތެރެކުރި އަހަރު 28/03/1999

މިކާރު ނީލަމުން ނަންގަވަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ނޮވެމްބަރު 2017 ވާ ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މިކާރު ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަޑައި އަގު އާއްމު ކުރާނީ ސިޓީލާ އެންމެންގެ ޙާޟިރުގައި އެދުވަހެއްގެ ހެނދުނު 09:35 ގައި ކަމުގައިވެސް ދެންނެވީމެވެ.

 

07 ނޮވެމްބަރ 2017

 

12 ނޮވެންބަރު 2017
ހޯދާ