މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އއ. އުކުޅަސް ފެރީ ޓާރމިނަލް ހިމެނޭ ގޯތީގެ އިރުއުތުރަށް އޮތް ހުސްޖާގަ ކުއްޔަށް ދިނުން (ތިންވަނަ ގޮވާލުން)

 ނަންބަރު:MREIC/IU/2017/0031

 

ކުއްޔަށް ދޫކުރުން

 

އއ. އުކުޅަސް ފެރީ ޓާރމިނަލް ހިމެނޭ ގޯތީގެ އިރުއުތުރަށް އޮތް ހުސްޖާގަ ކުއްޔަށް ދިނުން (ތިންވަނަ ގޮވާލުން):

އެމް.ޓީ.ސީ.ސީ އއ. އުކުޅަސް ފެރީ ޓާރމިނަލް ހިމެނޭ ގޯތީގެ އިރުއުތުރަށް އޮތް ހުސްޖާގަ ކުއްޔަށް ދިނުމަށް ކުރި ދެވަނަ އިއުލާނާ ގުޅިގެން އެކަށީގެންވާމިންވަރަށް ތަރުހީބުލިބިފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހު ގެ 14:30 އަށް، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އަންދާސީ ހިސާބާއި ގުޅޭ މައުލޫމާތު ކަރުދާސް މި ކުންފުނީގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

 

އަންދާސީހިސާބު ހުށައަޅުއްވަންވާނީ، ދީފައިވާ މައުލޫމާތާއި އެއްގޮތަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ  މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

19 ސަފަރު 1439

08 ނުވެމްބަރު 2017

                                       

 

A subsidiary of MTCC

08 ނޮވެންބަރު 2017
ހޯދާ