މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މާލެ ސިޓީ އާރޓް އެގްޒިބިޝަން 2017" ގެ ނަމުގައި ޢާއްމުކޮށް ހުޅުވާލެވިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުން

                                                              ނަންބަރު:  16/IUL)425-CB/1/2017)

 

އިޢުލާނު

"މާލެ ސިޓީ އާރޓް އެގްޒިބިޝަން 2017" ގެ ނަމުގައި ޢާއްމުކޮށް ހުޅުވާލެވިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުން

      މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން "މާލެ ސިޓީ އާރޓް އެގްޒިބިޝަން 2017" ގެ ނަމުގައި ޢާއްމުކޮށް ހުޅުވާލެވިގެން  ކުރެހުމުގެ  މުބާރާތެއް  ބޭއްވުމަށް މި އިދާރާއިން 19 އޮކްޓޯބަރ 2017 ގައި ކުރި ނަމްބަރު: 13/IUL)425-CB/1/2017) އިޢުލާނާއި ގުޅިގެން  ވީހާވެސް  ގިނަ ފަރާތްތަކަށް  ފުރުޞަތު  ހުޅުވާލުމުގެ  ގޮތުން މި  މުބާރާތަށް  ކުރެހުން ހުށަހެޅުމުގެ  ފުރުސަތު 29 ނޮވެމްބަރ 2017ވާ ބުދަ ދުވަހަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކުރެހުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށް މިއިދާރާގެ މާފަންނު އޮފީހުންނެވެ.

މައުޟޫ / ތީމް

މާލޭގެ ދިރިއުޅުން

Life in Male’ City

  • ކުރެހުމުގެ ވަކި މީޑިއަމް އެއް ކަނޑައެޅިފައެއް ނުވެއެވެ. އެކުރެހުންތެރިއެއް ބޭނުން ކޮންމެ ވައްތަރެއްގެ ކުރެހުމެއްވެސް ހުށަހެޅިދާނެއެވެ. (މިސާލު: ވޯޓަރ ކަލަރ، އޮއިލް ކަލަރ، އަދި މިނޫންވެސް މީޑިއަމްއެއްގެ ކުރެހުން) އަދި ކުރަހަން ބޭނުންކުރާކަށްވަކި ޒާތެއްގެ މެޓީރިލްއެއް ކަނޑައެޅިފައއް ނެތެވެ. (މިސާލް: ކެންވާސް، ކަރުދާސް، މިނޫންވެސް މެޓީރިއަލް)
  • މުބާރާތަށް ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެއްވެސް މުބާރާތެއް/މައުރަޒެއްގައި ބައިވެރިކުރެވިފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
  • ކޮންމެ ކުރެހުންތެރިއަކަށްވެސް ހުށަހެޅޭނީ ގިނަވެގެން 3 ކުރެހުމެވެ.
  • ހުށަހަޅާ ކުރެހުންތަކުގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފްވާ ފަދަ އެއްވެސް މަންޒަރެއް/ކުރެހުމެއް  ހިމެނިގެންނުވާނެއެވެ.

ބައިވެރިވުމަށް ހުޅުވާލެވިފައިވާ ކެޓަގަރީތަކާއި، ކުރެހުމުގެ މިންތަކާއި، ހޮވޭނެ ވަނަތައް:

އުމުރުފުރާތައް

ދެވޭނެ ވަނަތައް

ކުރެހުމުގެ މިންތައް

އުމުރުން 7 އަހަރާއި 10 އަހަރާއި ދެމެދު.

1ވަނަ، 2 ވަނަ، 3 ވަނަ

ޑްރޮވިންގ ބްލޮކް ސައިޒް

އުމުރުން 11 އަހަރާއި 15 އަހަރާއި ދެމެދު.

1ވަނަ، 2 ވަނަ، 3 ވަނަ

ޑްރޮވިންގ ބްލޮކް ސައިޒް

އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދު.

1ވަނަ، 2 ވަނަ، 3 ވަނަ

ކުޑަވެގެން 2 ފޫޓް. (ދިގުމިން ނުވަތަ ފުޅާމިނުގައި)

އުމުރުން 20 އަހަރާއި 35 އަހަރާއި ދެމެދު.

1ވަނަ، 2 ވަނަ، 3 ވަނަ

ކުޑަވެގެން 3 ފޫޓް. (ދިގުމިން ނުވަތަ ފުޅާމިނުގައި)

އުމުރުން 35 އަހަރުން މަތި.

1ވަނަ، 2 ވަނަ، 3 ވަނަ

ކުޑަވެގެން 3 ފޫޓް. (ދިގުމިން ނުވަތަ ފުޅާމިނުގައި)

މުޅި މުބާރާތުން ހޮވާލެވޭ ވަނަތައް (ހުރިހާ އުމުރުފުރާއެއްގެ ހުރިހާ ކުރެހުމެއްގެ ތެރެއިން)

1ވަނަ، 2 ވަނަ، 3 ވަނަ

-

  • ކުރެހުންތައް ހުށަހަޅާއިރު، އެކުރެހުމަކަށް ދެވޭ ނަން އެނގެން އޮންނަންވާނެއެވެ. (ދިވެހި ބަހުން)
  • ހުށަހަޅާ ކުރެހުމާއި ބެހޭ ގޮތުން ކުރެހުންތެރިޔާ ގެ ލިޔުންކޮޅެއް ވަކިން ހިމަނަންވާނެއެވެ. (ވަކި ކަރުދާހެއްގައި ނުވަތަ ސްލިޕްކޮޅުގައި)
  • ވަނަތަކަށް ހޮވޭ ކުރެހުންތަކުގެ އިތުރުން މުޅި މުބާރާތުން ޖަޖުންނަށް ހޮވާލެވޭ 50-30 ކުރެހުން ހިމެނޭގޮތަށް ކުރެހުންތައް އާއްމުންނަށް ދައްކާލުމަށްޓަކައި މަޢުރަޒެއް " މާލެ ސިޓީ އާރޓް އެގްޒިބިޝަން" ބޭއްވޭނެއެވެ. އަދި ވަނަތަކަށް އަންނަ ފަރާތްތަކަށް އެ މަޢުރަޒު ފެށުމުގެ ރަސްމިއްޔާތުގައި އިނާމާއި، ހަނދާނީލިޔުން ހަވާލުކުރެވޭނެއެވެ.
  • މީގެ އިތުރުން، މުބާރާތުގައި ބައިވެރިވާ ކޮންމެ ކުރެހުންތެރިއަކަށްވެސް ހަނދާނީ ލިޔުމެއް ދެވޭނެއެވެ.
  • މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ޓްވިޓަރ (Male’City Council) އަށް މެސެޖް ކުރެއްވުމުން މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ކައުންސިލްގެ އިދާރާގެ 3323834 ފޯނު ނަމްބަރަށް ގުޅުއްވުމުން އިތުރު މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

 

ކުރެހުންތައް ހުށަހަޅާއިރު ތިރީގައިމިވާ ސްލިޕްކޮޅު ނުވަތަ މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.
.......................................................................................................................................................

ފުރިހަމަ ނަން:

އުފަން ތާރީޚް:

އައިޑީ ކާޑް ނަމްބަރ:

ދާއިމީ އެޑްރެސް:

މިހާރު އުޅޭ އެޑްރެސް:

ފޯން:

ކުރެހުމުގެ ނަން:

ކުރެހުމާއި ބެހޭ ގޮތުން ކުރެހުންތެރިޔާގެ ލިޔުންކޮޅެއް: (ގިނަވެގެން 1 ޕެރެގްރާފް)

 

 

 

 

 

 

 

 

 

 

 

    
  • ކުރެހުންތައް ފޮނުއްވާނީ: މާލޭ ސިޓީ ކައުންސިލުގެ އިދާރާ (މ.ކަނބާއައިސާރަނި ހިނގުން/މާލެ) އަށެވެ.

މިންތަކުގެ އިތުރު ތަފްސީލް:

  • ދިގުމިން ނުވަތަ ފުޅާމިނުގައި އެންމެ ކުޑަވެގެން އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ މިން ހުންނަންވާނެއެވެ.
  • ކުރެހުމުގެ ދެ ފަރާތް (ދިގުމިނާއި ފުޅާމިން ) އެއްވަރަށް ހުރުން ލާޒިމެއް ނޫނެވެ.

      ވީމާ، މި ވާހަކަ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.

      18 ޞަފަރު    1439

      07 ނޮވެމްބަރ  2017 

 

07 ނޮވެންބަރު 2017
ހޯދާ