މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިސް ހިންގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީ ހިންގަމުންދާ އިމާރާތުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިސް ހިންގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި ދަމަނަވެށީ  ހިންގަމުންދާ އިމާރާތުގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތަކާއި ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް 2017 އޮކްޓޯބަރ 18 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL) 23-AP/23/2017/170 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު     2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     17 ޞަފަރު       1439    

06 ނޮވެންބަރު 2017
ހޯދާ