އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ (ސްޓެޓިސްޓިކްސް) - އިންފޮމޭޝަން ސިސްޓަމްސް / ޑެވެލޮޕްމެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އިޢުލާން ނަންބަރު: AS/IUL/2017/036

މަޤާމް: ސީނިއަރ އޮފިސަރ (ސްޓެޓިސްޓިކްސް)

ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް / ޑެވެލޮޕްމެންޓް

މަޤާމުގެ ޝަރުތު:

  1. ސްޓެޓިސްޓިކްސް ނުވަތަ ކަމާ ގުޅުންހުރި ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލުކޮށްފައިވުން ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ޑޭޓާބޭސް ތަކުން މައުލޫމާތު ނަގައި ތަފާސްހިސާބުތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  3. އިނގިރޭސިބަހާއި ދިވެހިބަހުން ރަނގަޅު ފެންވަރަކަށް މުޢާމަލާތް ކުރަން އެނގުން.
  4. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  5. ޑޭޓާ ބޭސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ތަފާސްހިސާބު ހެދުމުގެ ދާއިރާ އިން ޢިލްމު ލިބިފައިވާ ބޭފުޅުންނާއި، އެސް.ޕީ.އެސް.އެސް، އަދި އާރް ފަދަ ތަފާސްހިސާބު ހެދުމުގައި ބޭނުންކުރާ ސޮފްޓްވެއަރގެ ތަޖުރިބާ ހުރި ބޭފުޅުންނަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދައިގެ ދަށުން ދެވެމުން ގެންދާ ޚިދުމަތުން އެއްކުރެވޭ ޑޭޓާ ތަފާސްހިސާބުތަކުގައި ބޭނުންކުރެވޭނެ ގޮތަށް ފަރުމާ ކުރުން.
  2. އާސަންދައިގެ ސްކީމްގެ ޚަރަދުތައް މުޠާލިއާ ކުރުމުގައި ތަފާސްހިސާބުގެ ބޭނުން ކުރުމަށް އެހީތެރިވުން.
  3. އެކި ހާލަތްތަކަށް ބޭނުންވާ ތަފާތު ރިޕޯޓްތައް ހެދުމުގައި އެހީތެރިވުން.
  4. ޑޭޓާ ބަލައި ޕެޓަރންސް ނުވަތަ ޓްރެންޑްސް ހޯދައި ގުޅޭ ރިޕޯޓްތައް އެކުލަވާލުން.
  5. އާސަންދަ ސްކީމާއި ގުޅުންހުރި ނިންމުންތައް ނިންމުމުގައި އެހީތެރިކަންދިނުމުގެ ގޮތުން މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތު ޤަވައިދުން ފޯރޮކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  6. ކޮމްޕެނީ ވެބްސައިޓްގައި ޝާއިޢުކުރެވޭ ތަފާސްހިސާބުތަކުގެ މަޢުލޫމާތު ޤަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ޑިޕާޓްމަންޓުގައި ކުރެވޭ އެހެނިހެން ޑޭޓާބޭސް، ޑިވެލޮޕްމަންޓް އަދި އެޑްމިނިސްޓްރޭޝަން މަސައްކަތުގައި އެހީތެރިވުން.

 

މުސާރައާއި އިނާޔަތް :

- މުސާރަ: -/7700 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)

- އެޓެންޑަންސް އެލަވަންސް: -/2541 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)

 

ކުރިމަތިލުމުގެ ސުންގަޑި: 2017 ނޮވެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަނަވަރު (ސީވީ).
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-English.pdf

https://aasandha.mv/wp-content/uploads/2017/10/Job-Application-Form-Aasandha-Dhivehi.pdf

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

01 ނޮވެންބަރު 2017
ހޯދާ