ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

                              `                            

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.

                                                      ނަންބަރު: (IUL)430-DBA-I/1/2017/19

 

 

  އިޢުލާން

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: (IUL)430-DBA-I/1/2017/14 ބާޠިލުކޮށް، މި އެކެޑަމީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

 

:މަޤާމް

އެސިސްޓެންޓް ޑިރެކްޓަރ

:މަޤާމުގެ ނަންބަރު

J-230490

:ބޭނުންވާ އަދަދު

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

:ސެކްޝަން

ފައިސާއާބެހޭބައި

މަޤާމް އޮތް އޮފީސް:

ދިވެހިބަހުގެ އެކެޑަމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

މުސާރަ:

7035.00 ރުފިޔާ

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި މައިގަނޑު ވާޖިބުތައް:

  1.  މާލިއްޔަތުގެ ޤާނޫނާއި ޤަވަޢިދާއި އެއްގޮތަށް ވެރިންގެ ލަފައާއެކު    ބަޖެޓްގެ ބައި ހިންގުން.
  2. ފައިސާއާބެހޭބައިގެ މަސައްކަތްތައް ރާވައިހިންގުމާއި، އެމަސައްކަތްތައް ހިނގާ ނުހިނގާގޮތް އިސްވެ ބެލެހެއްޓުން.
  3. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތުގެ މަތީން ހިންގާ ބެލެހެއްޓުން
  4. އޮފީހަށް ތަކެތި ހޯދުމުގައާއި ފައިސާ ޚަރަދުކުރުމުގައި، ފައިނޭންސް މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުން ގެންދިއުން.
  5. އެކިއެކި މަސައްކަތްތައް ކުރުވުމަށް އެސްޓިމޭޓް ހޯދަންޖެހޭ ކަންކަމުގައި ގަވާއިދުތައް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އަންދާސީ ހިސާބު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އެކަންކަން ހިންގުން.
  6. އެކްޝަންޕްލޭންއާ އެއްގޮތްވާ ގޮތުގެމަތީން، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހެދުން.
  7. ބަޖެޓުން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމޭތޯ ޗެކްކޮށް ބެލެހެއްޓުން.
  8. އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދައްކަމުން ގެންދޭތޯ ބަލައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސައްކަތް ކުރުވުން.
  9. އޮފީހުގެ މަރާމާތުތައް ކުރުމާ ސެކިއުރިޓީ ގޮތުން އޮފީހާއި އޮފީހުގެ ހަވާލުގައިވާ ތަންތަން ބެލެހެއްޓުވުން.
  10. އޮފީހަށް ލިބެން ހުންނަ ފައިސާ ހޯދުމުގެ ކަންތައް ބެލެހެއްޓުން.
  11. އެކެޑަމީ ހިންގުމަށް ބޭނުންވާ ހުރިހައި ވަސީލަތެއް ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ބެލެހެއްޓުން.
  12. އޮފީހަށް އާމްދަނީގެ ގޮތުގައި ނުވަތަ އެހީގެ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުމާއި، އެފައިސާ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތައް ޖަމާ ކުރަމުންދޭ ތޯބެލެހެއްޓުން.                                        
  13. އެކިއެކިފަރާތްތަކުން ދިވެހިބަހުގެ އެކެޑަމީއަށް ލިބޭއެހީއާއި ދޭއެހީއާއި ލޯނުފައިސާޖަމާކޮށް، ފައިސާއާބެހޭ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތީން ޓްރަސްޓް ފަންޑް ހިންގާ ބެލެހެއްޓުން.
  14. އޮފީހުގެ ހަރު މުދަލާއި އިންވެންޓްރީގެ ކަންތައް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
  15. އޮފީހުގެ ފަރާތުން ހިންގަންޖެހޭ ތަފާތު ޕްރޮޖެކްޓް ތަކުގައި ބަޖެޓްސެކްޝަނުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުން.
  16. ފައިސާއާ ބެހޭގޮތުން ކުރާ އެންމެހާ މުޢާމަލާތުތަކުގެ ރެކޯޑިންގ  ބަރާބަރަށް ބަލަހައްޓައި، އެސް.އެމް.ޓީ. އަށް މަޢުލޫމާތު ހިއްސާކުރުން.

މަޤާމުގެ ޝަރުޠުތައް:

- ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ
- ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ
- ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

- ފައިނޭންސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވަލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމީ ގޮތުން އެންމެމަތީ މާކުސް ލިބިފައި ވުމާއި، ދާއިރާއިން ލިބިފައިވާ ތަޖްރިބާ.
  • ފައިސާގެ ކަންކަން ހިންގައި ބެލެހެއްޓުމުގެ  ޤާބިލްކަން
  • ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން
  • ކަންކަން ކުރަން އިސްނެގުމުގެ ހުނަރު.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  • މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.dhivehiacademy.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެންބަރު 12 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ދިވެހިބަހުގެ އެކެޑަމީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެންބަރު 15 އާ 22 އާ ދެމެދު، ދިވެހިބަހުގެ އެކެޑަމީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3028000 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 ޞަފަރު 1439

1 ނޮވެންބަރު 2017

01 ނޮވެންބަރު 2017
ހޯދާ