މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރުން

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބްލް ޓީވީ) ޚިދުމަތެއް ދޭންވާނީ މި ކޮމިޝަނުން ހޯދާ ލައިސަންސެއްގެ ދަށުންނެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (R-20/ފ2012) ގައިވާގޮތުން ޓޫރިސްޓް ރިސޯޓްތަކުގައި ވެސް ދެވޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ އެ ޚިދުމަތެއް ދިނުމަށް ލައިސަންސް ހޯދަންޖެހޭ ކަމެކެވެ.

މިގޮތުން ތިޔަ ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭކަމުގައިވާނަމަ އެކަން މިކޮމިޝަނަށް އަންގަވައި އަދި ލަސް ނުކުރައްވައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތީން ލައިސަންސް ހޯދުމަށް އެދި ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ލައިސަންސެއް ނެތި ރީބްރޯޑްކާސްޓްކުރުމަކީ ޤާނޫނާއި ގަވައިދާ ޚިލާފު ކަމެއް ކަމުގައި ވުމާއެކު، މި ފަދަ ފަރާތްތަކާމެދު މި ކޮމިޝަނުން ފިޔަވަޅު އަޅަމުން އަންނަކަމުގައި ވެސް ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

30 ޛުލްޙިއްޖާ 1434

04 ނޮވެންބަރު 2013
ހޯދާ